ކުޑަކުދިންގެ ފޮޓޯތަކާއެކު ބޭއަދަބީ ލިޔުންތައް ލިޔަމުންދާ ފޭސްބުކު ޕޭޖު ފޭސްކުބުން ޑިލީޓް ކޮށްފިއެވެ.

ޕޭޖުގައި ވަނީ ކުޑަކުދިންގެ ކަރާމަތަށް ގެއްލުންލިބޭ، ޖިންސީ އެކިއެކި ވާހަކަތައް ލިޔެ އާންމުކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ހިތްވަރުލިބޭ ފަދަ ވާހަކަތައް ވެސް އެ ޕޭޖުގައި ވަނީ ހިމަނައިފައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިގެން ފޭސްބުކުން މިރޭ އެ ޕޭޖު ޑިލީޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

"މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުން. މި ޕޭޖުގެ މައުލޫމާތު އިތުރަށް ހޯދައި މިކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން މިދަނޫ ކުރަމުން،" ޝިފާން ވިދާޅުވިއެވެ.