އިސްލާމް ދީނަށް ފުރައްސާރަކޮށް ވީޑިއޯ އާންމު ކުރާ މައްސަލައިގައި، ޖުޑީޝަލް ސާވިސެސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ވަނީ ވެލެޒިނީ ޕޮލިހަށް ހާޒިރުވާން އަންގާފައެވެ. އެހެން ނަމަވެސް އެފަހަރު އޭނާ ހާޒިރުކުރަން ބޭނުންވާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މިއަދު އާންމު ކުރި ޗިޓުގައި ބުނެފައިވަނީ ވެލެޒިނީ ފުލުހަށް ހާޒިރުވާން އަންގަނީ އޭނާގެ އަމިއްލަ ޓްވިޓާ އަދި ފޭސްބުކް އެކައުންޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އުސޫލުތަކުން ބޭރުވެ ވާހަކަ ދައްކާފައިވާ ވިޑިއޯތަކެއް އާންމުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

ވެލެޒިނީ ހާޒިރު ކުރަން ބޭނުންވަނީ އެމައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފޮނުވާ ޗިޓަށް ވަކި އުޒުރެއް ނެތި ހާޒިރު ނުވެއްޖެ ނަމަ ގާނުނުލްއުގޫބާތުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

ނެދަލެންޑްސްގައި މިހާރު ދިރިއުޅެމުންދާ ވެލެޒިނީ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ވެލެޒިނީ އާންމުކުރި ވީޑިއޯއެއްގައި އޭނާ ރަސޫލުކަމަށް ދައުވާކޮށްފައިވާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ، އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުވެ، އެވެ.