ފިތުރު ޒަކާތް ދައްކަން އިސްލާމިކް މިނިސްޓްރީ އަށް ދިޔަ އަންހެނެއްގެ އަތް ދަބަސް ފައިސާތަކާ އެކު ފޭރިގެންފި އެވެ.
ފުލުހުން ބުނީ މެދު އުމުރުގެ އަންހެން މީހާގެ އަތް ދަބަސް ފޭރިގެންފައި ވަނީ ހަޒާޝްމާޓް ގޯޅިގަނޑުގެ ތެރެއިން މިއަދު ހެނދުނު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ މައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ދަބަހުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ރޯދަ މަސް ފެށުނު ފަހުން މާލެ އާއި އަތޮޅު ތެރޭން ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. އެ މައްސަލަތަކުގައި ފުލުހުން އަންނަނީ އެކި ފަހަރު މަތިން މީހުން ހައްޔަރު ކުރަމުން ނެވެ.