28 Jan 2018, 14:15
ސިންގަޕޯ އެއާލައިންސް، އާއި އެ އެއާލައިނުގެ ސަބްސިޑަރީ ރީޖަނަލް އެއާލައިން ސިލްކް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
ސިންގަޕޯ އެއާލައިންސްއިން ބުނި ގޮތުގައި، ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ އެއާލައިނާއި ސިލްކް އެއާގެ ފްލައިޓުތައް ވަނީ އިތުރުކޮށްފައެވެ. ފްލައިޓު އިތުރުކޮށްފައިވަނީ އަންނަ މާޗު މަހުގެ 21 ގެ ނިޔަލަށެވެ.
ސިންގަޕޯ އެއާލައިންސްއިން މިހާރު ރާއްޖެއާ ސިންގަޕޫރާ ދެމެދު، ހަފްތާގެ ކޮންމެ ދުވަހަކުވެސް އެއް ފްލައިޓު ބާއްވާނެއެވެ.
އަދި މީގެ ކުރިން ހަފްތާއަކު ހަތަރު ދަތުރު ރާއްޖެއަށް ބާއްވާ ސިލްކް އެއާއިން މި މުއްދަތުގައި، ރާއްޖެއާ ސިންގަޕޫރާ ދެމެދު ހަފްތާއަކު ނުވަ ދަތުރު ބާއްވާނެއެވެ. އެހެންކަމުން ދެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ޖުމްލަ 16 ދަތުރު ބާއްވަމުން ގެންދާނެއެވެ.