މަޝްހޫރު އިނގިރޭސި ފިލްމު "ދަ ފޯލްޓް އިން އަވަ ސްޓާޒް"ގެ ރީމޭކް އެއް ހަދަން ނިންމައި ފިލްމުގެ ލީޑު ތަރިން އިއުލާންކޮށްފިއެވެ.

މުކޭޝް ޗަބްރިޔާ ޑައިރެކްޓްކުރާ އެ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސުޝާންތު ސިންހް ރާޖްޕުތު އަދި ކްރީތީ ސަނަންގެ ކޮއްކޮ ނޫޕޫރެވެ.

މުކޭޝް ބުނީ މިހާރު ކުރަމުން އަންނަނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތްކަމަށާއި ސްކްރިޕްޓް ލިޔެެ ނިމުނުހާ އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނޫޕޫރު ވަނީ އެ ފިލްމު ކުޅެން ދާދި ފަހުން ސޮއި ވެސްކޮށްފައެވެ. ކްރީތީ ކުރިން "ޒޫމް"އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮއްކޮ އަކީ ފެށުނީއްސުރެންވެސް ފިލްމު ކުޅެން ޝައުގުވެރިވާ ކުއްޖެއްކަމަށާއި އޭނާ އަކީ ފިލްމު ކުޅެން ދަންނަ ކުއްޖެއް ކަމަށެވެ.

"އޭނާގެ ކިބައިގައި އެ ހުނަރު އެބަހުރި. ބޭނުންވަނީ އަމިއްލަ މަސައްކަތުން ކޮއްކޮ ވެސް މި ދާއިރާ އިން ކުރިއަށް ގެންދިޔުމަށް،" އޭނާ ބުންޏެވެ.