އިންޓަނޭޝަނަލް ބްލައިންޑް ސްޕޯޓްސް އެސޯސިއޭޝަން (އައިބީއެސްއޭ) އިން ކުރިއަށްގެންދާ ބްލައިންޑް ފުޓްބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި އީރާންގެ އިތުރުން ފަސް ގައުމަކުން މިއަހަރު އަލަށް ބައިވެރިވާނެއެވެ.

އީރާނުގެ އިތުރުން މިއަހަރުގެ މުބާރާތުގައި އަލަށް ވާދަކުރުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ މާލީ، ކޮސްޓަރީކާ، ރަޝިއާ، ތައިލެންޑް އަދި މެކްސިކޯއެވެ.

މިއަހަރުގެ ޖޫން މަހުގައި ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބްލައިންޑް ފުޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަންޝިޕްގައި މިއަހަރު 16 ގައުމަކުން ވާދަކުރާނެއެވެ. ލޯފަން ފުޓުބޯޅައިގެ ދުނިޔޭގެ ޗެމްޕިއަންޝިޕަށް އީރާން ކޮލިފައިވީ އޭޝިއާގެ ރަނަރަޕްގެ ގޮތުގައެވެ. އޭޝިއާ ރީޖަންގެ އެންމެފަހުގެ ޗެމްޕިއަން ޓީމަކީ ޗައިނާއެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ޕެރައޮލިމްޕިކްސްގައި ރިހި މެޑަލް ހޯދި އީރާނުގެ ލޯފަން ފުޓްބޯޅަ ޓީމަކީ އޭޝިއާގައި ފާހަގަކޮށްލެވޭ ޓީމެކެވެ.

ލޯފަން ކުދިންގެ ފުޓްބޯޅަ، އޮލިމްޕިކްސްގައި ހިމެނިފައިވަނީ 2004 ވަނަ އަހަރު ގްރީސްގައި ބޭއްވި ޕެރައޮލިމްޕިކްސްގައެވެ. ނަމަވެސް އައިބީއެސްއޭއިން ކުރިއަށްގެންދާ ދުނިޔޭގެ ޗެމްޕިއަންޝިޕް ވަނީ 1996 ވަނަ އަހަރު ފަށައިފައެވެ. އަދި ފީފާގެ ރިކޮގްނިޝަންއާއެކު މިހާރު މުބާރާތް ބާއްވަމުންގެންދަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރުއެވެ.

ލޯފަން ފުޓުބޯޅައިގެ ދުނިޔޭގެ ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބްރެޒިލްއެވެ.