28 Jan 2018, 08:50
ގޭތެރޭގެ ވައި ސާފުކޮށް ގޭތެރެ ތާޒާކޮށް ބެހެއްޓުމަށް ކުރަންވީ ކަމަކީ އިންޑޯ ޕްލާންޓްސް ނޫނީ ގޭ ތެރޭގައި ހެއްދިދާނޭފަދަ ގަސް ހެއްދުމެވެ. މިއީ މާ ބުރަކަމެއް ނޫނެވެ. މިހާރު މާލޭގެ ފިހާރަތަކުންވެސް މިކަހަލަ ގަސްތައް ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.
ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށް އެންމެ ރަނގަޅީ ކޮންކަހަލަ ގަހެއް ހެއްޔެވެ؟
ބޭމްބޫ ޕާމް:
މިއީ ނެޗުރަލް ހިޔުމިޑްފިއާ އެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގަހެކެވެ. ވައްތަރުވާނީ ކުޑަ ރުކަކާއެވެ.

މި ގަސް ފަހެއް ނޫނީ ހަތް ފޫޓަށް ހެދޭނެއެވެ.
ސްޕައިޑާ ޕްލާންޓް:
މިއީ ނައިޓްރޮޖެން އޮކްސައިޑްތައް ނައްތާނާލެ ގަހެކެވެ. މާ ބޮޑަށް އަޅައި ނުލިނަމަވެސް ވަރަށް ފަސޭހައިން ހައްދާލެވޭނެއެވެ.

ނަމަވެސް ވެލިގަނޑު ހިކުމުން ފެން އަޅަން ހަނދާން ކުރާށެވެ.
ރަބަރ ޕްލާންޓް:
ވައިގެ ތެރޭ ހުންނަ ބެކްޓީރިއާތައް ނައްތާލުމުގައި މި ގަސް މުހިއްމު ރޯލެއް އަދާކުރާނެއެވެ. ގަސް ބަހައްޓަންވާނީ އިރުގެ އަލި ލިބޭކަހަލަ ގޮތަކަށެވެ.

ވައިގެ ތެރޭ ހުންނަ ކާބޮންޑައިއޮކްސައިޑް ވެސް ދަމާލާ މި ގަސް ހައްދާއިރު ގަހަށް އަޅާލުމަކީ މުހިއްމު ކަމެކެވެ.
އެލޯވެރާ:
މިއީ މިހާރު ގޭތެރޭ އާާންމުކޮށް ހައްދާ ގަހެކެވެ. ހާއްސަކޮށް އެލޯވެރާ ފަތުގެ ތެރޭ ހުންނަ ޖެލް ކޮޅަކީ ޒީނަތްތެރިވުމަށް ބޭނުން ކުރާ އެއްޗަކަށްވާތީ، އެ ފަތުގެ ބޭނުމުގައިވެސް ގިނަ ބަޔަކު އެލޯވެރާ ހައްދައެވެ.

ޕީސް ލިލީ:
ރީތި މަލެއް އަޅާ މި ގަހަކީ "ވިހަ" ގަހެއް ނަމަވެސް އެގަސް ހައްދާފައި ހުންނައިރު ގޭތެރެއަށް ފުރިހަމަކަމެއް ގެނެސްދެއެވެ.

ވައިގެ ތެރޭ ހުންނަ ނުސާފު ކަމާއި ބެކްޓީރިއާ ވެސް ނައްތާލާ މި ގަސް ހައްދަންވެސް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަން ޖެހެއެވެ.