17 Aug 2011, 13:10
ރާއްޖެ މަތީގައި ލޯ ޕްރެޝާ ޓްރަފެއް އުފެދި ކުރި އަށް އޮތް ހަފުތާއެއްހާ ދުވަހު ވިއްސާރަ ކުރާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިއީ އަރަބް ކަނޑުގައި އުފެދިގެން އުޅޭ ޓްރަފެއް ކަމަށާއި އޭގެ ޓްރަފެއް ރާއްޖެ މައްޗަށް ވެސް އައިސްގެން އުޅެނީ ކަމަށާއި މޫސުމަށް ބަލައިގެން އުޅުމަށް މެޓުން އިލްތިމާސް ކުރި އެވެ.
މި ވިއްސާރަ އާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ގަދަވެ ވައިގަދަ ވުމަކީ އެކަށިގެންވާ ކަމެއް ކަމަށް ވެސް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއަދު އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރަނީ މެދުތެރެއާއި ދެކުނުގެ އަތޮޅު ތަކަށް ކަމަށެވެ. ނަމަވެސް މުޅި ރާއްޖެ އަށް މި ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
މި ވިއްސާރަ ހަފްތާއެއް ވަންދެން ކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ.