ނޭޝަނަލް ޑްރަގް އެޖެންސީ ކައިރިން މީހަކަށް ވަޅިން ހަމަލާދިން މައްސަލަ އާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ހިނގި އެ ހާދިސާގެ ތަހުގީގަށް ހައްޔަރު ކުރި ކުއްޖާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި ހަމަލާ ދީފައިވަނީ 23 އަހަރުގެ ޒުވާނަކަށެވެ.

ހަމަލާދީފައިވަނީ އެ ޒުވާނާގެ ބުރަކަށްޓެވެ. އެ ހާދިސާގައި އޭނާއަށް ސީރިއަސް ޒަޚަމެއް ނުލިބެއެވެ.

އެ މާރާމާރީގައި ޒަހަމްވި ޒުވާނާއަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އޭނާގެ ގަޔަށް ވަޅިހެރީ ޑްރަގް އެޖެންސީއަށް ވެހިކަލެއްގައި ގެންދަނިކޮށެވެ.