26 Jan 2018, 14:51
އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، އެގައުމުގެ ރައީސާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވައިފިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް، ގާތުން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އަދި އިންޑިއާގެ ރައީސް ނަރެންދްރާ މޯދީއަށް ފޮނުއްވި މެސެޖުގައި ރައީސް ޔާމީން ވަނީ ދެގައުމުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާ އިންޑިއާ ގުޅިގެން، ދެކުނު އޭޝިއާ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، އިންޑިއާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ މުނާސަބަތުގައެވެ. އިންޑިއާގެ ގާނޫނު އަސާސީގެ ބާރު ހިނގަން ފެށީ، 1950 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ.