26 Jan 2018, 14:11
އދގެ ސަލާމަތީ މަޖިލީހަށް އަސްކަރީ ބާރު ނޫން އެހެން ބާރުތައްވެސް ލިބޭ ކަމަށާއި، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ އެކިއެކިި މައްސަލަތައް ހައްލުކުރުމަށް އެހެނިހެން ގޮތްތައް އިޚްތިޔާރުކޮށް، އެހެނިހެން ބާރުތަކުގެ ބޭނުން ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެެވެ.
މެދުއިރުމަތީގެ ގައުމުތަކަށް ދިމެވަފައިވާ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ މެދު އިރުމައްޗަށް ދިމާވެފައިވާ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލެއް ހޯދުމަށް ހުރިހާ ގައުމުތަކުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމަނުޖެހުންތައް އަބަދުހެން ފެތުރިގެން ދިޔުން ހުއްޓުވުމަށް ދެމެހެއްޓެނިވި ގޮތައްގައި ސުލްހަ މަސަލަސްކަން ބޭއްވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ޑރ. އާސިމް ވިދާޅުވީ އަސްކަރީ ގޮތުން ކަންކަން ހައްލުކުރުމަށްވުރެ، އެހެނިހެން ގިނަ ވަސީލަތްތަކުގެ އިޚްތިޔާރު، އދގެ ސަލާމަތީ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ވެގެން ދާނީ މައްސަލަތައް ހައްލުކުރުމަށް މާ އެކަށީގެންވާ ނިޒާމަކަށް ކަމަށް ގަބޫލުކުރެެވޭ ކަމަށާއި، ދެމެހެއްޓެނިވި ސުލްހަ ގާއިމްކުރެވިގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އެ ގައުމުތަކުގެ ސަރުކާރު ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށްވެސް ޑރ. އާސިމް ވިދާޅުވިއެވެ.
"ދައުލަތެއް ފެއިލްވުމަކީ ސުލްހައިގެ މަސައްކަތަށް އެޅޭނެ ހުރަހެއް. އަޅުގަނޑުމެންނަށް ދިމާވެފައިވާ ތަފާތު ގިނަ މައްސަލަތަކަށް ބެލިޔަސް އެނގޭ ދެމެހެއްޓެނިވި ގޮތައްގައި ސުލްހަ ގާއިމުކުރުމަަށް ދައުލަތުގެ ހިންގުން ހަރުދަނާ ކުރަން ޖެހޭކަން. އެއީ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށްގެން ކަމުގައި ވިޔަސް، ނުވަތަ ދައުލަތުގެ މުއައްސަސާތައް ހިނގަމުންދަނީ ރަނގަޅަށްތޯ މޮނީޓާކޮށް، ނުވަތަ ފަގީރުކަން ނައްތާލުމަށް މަސައްކަތްކޮށްގެން ކަމަށް ވިޔަސް،" ޑރ. އާސިމް ވިދާޅުވިއެވެ.
ޑރ. އާސިމް ވަނީ އިސްރާއިލުން ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްފައި އޮންނަ އޮތުމާއި، ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި އެމެރިކާގެ އެމްބަސީ ގުދުސަށް ބަަދަލުކުރުމާ ދެކޮޅަށް ސަލާމަތީ މަޖުލީހުން ނިންމި ގަރާރު ބާތިލްކޮށް ފަލަސްތީނުގެ މައްސަލައި އެއްވެސް ކޮޅެއްގައި ޖެހިފައިނުވާތީ، ސަލާމަތީ މަޖިލީހުގެ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައިފައެވެ.
ޑރ. އާސިމް ވަނީ، އިސްރާއިލުން ފަލަސްތީނުގެ ބިންތައް ފޭރިގެންފައި ވާތީ އިސްރާއިލަށް ފާޑު ވެސް ވިދާޅުވެފައެވެ.