ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސާފު ފައިދާ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާ އިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ އަދަދު 39 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބިފައިވާ އިރު ސާފު ފައިދާގެ ގޮތުގައި 88.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސާފުފައިދާގެ ގޮތުގައި ލިބުނު 49 މިލިއަން ރުފިޔާ އަށް ވުރެ 79 ޕަސެންޓް އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސާފު ފައިދާ އިތުރުވީ ފައިނޭންޝިއަލް އާމްދަނީގެ ބައިން އެ ކުންފުންޏަށް 17.7 މިލިއަން ރުފިޔާގެ ފައިދާ ޖެހިފައި ވުމުން ކަމަށެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ފައިނޭންޝިއަލް ބައިން އެ ކުންފުންޏަށް 31 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ފައިދާގައި ހިންގާ ކުންފުނިން ހިއްސާ ދާރުންނަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 50ރ.ގެ ހިއްސާ އަކަށް 68ރ. ވަނީ ބަހައިފަ އެވެ.

އެސްޓީއޯއަކީ ނިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ފައިދާ ބެހި ހަމައެކަނި ބަޕްލިކް ކުންފުންޏެވެ.