ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި އެލައިޑް އިންޝިއުރަންސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ ހާއްސަ އެވެންޓްގައި ހާއްސަ އެތައް ކަމެއް އެކުލެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެލައިޑާ ސުވާލު ކޮށްލުމުން ބުނަނީ ސިއްރެއް ކަމަށެވެ.

މި އިވެންޓާ ބެހޭ ތިން ޓީޒާއެއް އެލައިޑުން ވަނީ، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އާންމު ކޮށްފައެވެ. ފެންނަނީ ހުނަރުވެރި ތިން ފަންނާނަކު، ތިން ލޮކޭޝަނެއްގައި މިއުޒިކު ކުޅޭ މަންޒަރެވެ. އިސްމާއިލް ނިޝާމް، ހުސައިން ތައުފީގު އަދި އަހުމަދު ފައިޒާންގެ ވީޑިއޯތަކާ އެކު އެލައިޑުން ބުނީ، އެލައިޑުގެ އިވެންޓުން ތިން ފަންނާނުންވެސް ފެނިގެން ދާނެ ކަމަށެވެ.

އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު އެލައިޑުން ވަނީ، އެލައިޑުގެ ސްޕެޝަލް އިވެންޓާ ބެހޭ މުހިންމު މައުލޫމާތެއް އާންމުކޮށްފައެވެ. އެއީ އިވެންޓުގެ ތާރީޚެވެ. އެލައިޑުގެ ސްޕެޝަލް އިވެންޓް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.

މިކަން އެލައިޑުން އިއުލާނުކުރީ، ތިން ފަންނާނުން އެކުގައި މިއުޒިކު ކުޅޭ ވީޑިއޯއަކާ އެކުގައެވެ. އެ ވީޑިއޯއަކީ ރާއްޖޭގެ މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނައި ޒީރޯ ޑިގްރީ އެޓޯލާއި، އެ ބޭންޑުގެ ލީޑް ވޯކަލިސްޓް )އަށް ދިން ޚާއްސަ ޓްރިބިއުޓެއް ކަމަށް އެލައިޑުން ފާހަގަކުރެއެވެ. ތިން ފަންނާނުން ކުޅެނީ އެ ބޭންޑުގެ "ވިގަނި" ލަވައެވެ.

އެލައިޑުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ޚާއްސަ އިވެންޓު ފޭސްބުކް މެދުވެރިކޮށް ލައިވްކުރުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑުން ކޮންމެ އަހަރަކުވެސް އަންނަނީ އެ ކުންފުނީގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެދުވަހާ ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އެލައިޑުން ވަނީ އެލައިޑްގެ އަހަރީ ދުވަހު ރާއްޖޭގައި އުފަންވި ހުރިހާ ކުދިންނަށް އިންޝުއަރެންސް ޕްލޭނެއް ދީފައެވެ.