އައިޖީއެމްއެޗުން މިއަހަރު ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ދެވަނަ މެޑިކަލް އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައިި ބުނީ މިއަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ އިންޓާންޝިޕްގެ ދެވަނަ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު 14 ފަރާތަކަށްް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި އިންޓާންޝިޕްގައި ބައިވެރިވުމަށް އެޕްލިކޭޝަންފޯމް ހުށަހެޅުމުގެ ފުރުސަތު ޖޫން 2018 އިން ފެށިގެން 10 ޖުލައިއަށް ހުޅުވާލައިފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އިންޓާންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އެމްބީބީއެސް ފުރިހަމަކުރުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކުރައްވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޯ އިންޓާންޝިޕް ސެޓްފިކެޓް ލިބިފައިވުން ހިމެނެއެވެ.

އައިޖީއެމްއެޗުން ބުނީ އެޕްލިކޭޝަނާއެކު، މެޑިކަލް އަންޑަގްރެޖުއޭޓް ފުރިހަމަ ކުރި ކަމުގެ ލިޔުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޯ އިންޓާރންޝިޕް ސެޓްފިކެޓްގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ، ޕޮލިސް ކްލިއަރަންސް އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އައިޖީއެމްއެޗުގެ މެޑިކަލް އިންޓާންޝިޕްގެ ފުރަތަމަ އިންޓޭކް މިއަހަރު ޖެނުއަރީމަހު ވަނީ ފަށައިފައެވެ.