"ސްޓޫޑެންތް އޮފް ދަ އިޔާ 2" އަންނަ ނޮވެމްބަރު މަހު 23 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ ޓައިގާ ޝްރޮފް ކަމަށާއި އަންހެން ދެ ލީޑުން އަންނަ މަހު އިއުލާން ކުރާނެ ކަމަށެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަކީ މީގެ ފަސް އަހަރު ކުރިން، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 19 ވަނަ ދުވަހު ނުކުތް، ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔާ"ގެ ސީކުއަލް އެކެވެ.

އެ ފިލްމުން ބޮލީވުޑަށް އާ ތިން ތަރިން ތައާރަފް ވިއެވެ. ކަރަން ބުނީ ފިލްމުގެ ލީޑަށް ގެންނަން ބޭނުންވަނީ އާ ތަރިންތަކެއް ކަމަށެވެ.

ފިލްމާ ދޭތެރޭ ޓައިގާ ބުނީ މުޅި ޓީމަކީ ވެސް ވަރަށް ފައްކާ ޓިމެއް ކަމަށާއި ކަރަން އާ އެއްކޮށް އަބަދުވެސް މަސައްކަތް ކުރާ ހިތްވާ ކަމަށެވެ. އަދި ބެލުންތެރިންނަށް ކަމުދާ ގޮތަށް ފިލްމު ގެނެސްދޭނެ ކަމުގެ ޔަގީންކަން ވެސް ފިލްމުގެ ޓީމުން ވަނީ ދީފައެވެ.