ނިދި ހަމަކުރުމަކީ ޖެހިގެން އަންނަ ދުވަހުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް އަމިއްލަ މީހާގެ މޫޑު ރަނގަޅަށް ބެހެއްޓުމަށް މުހިއްމު ކަމެކެވެ.

ލަހުން ނިދުމުގެ ސަބަބުން ނިދި ހަމަ ނުވުމާއި، ކެއުމުގެ އާދަތައް ހުންނަ ގޮތުން ރޭގަނޑުގެ ނިދި ނުލިބުން ނޫނީ އެހެން މީހަކާ މެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ނިދި ހަމަ ނުވުމަކީ ދުވަސް ފަށާއިރު އޭގެ އަސަރު ކުރާނެ ކަމެކެވެ.

ނިދި ހަމަ ނުވުމަކީ ދިރިއުޅުމަށް އަސަރު ކުރާ ކަމެއްގެ އިތުރުން ސިއްހަތަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ނިދި ހަމަ ނުވުމުގެ ސަބަބުން މޫޑު ގޯސްވެ، ރުޅިވެސް ގަދަވެދާނެއެވެ. މިއީ ތިމާއާއެކު އުޅޭ އެހެން މީހުންގެ މޫޑަށްވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.

ނިދި ހަމަކުރުމަކީ ސިއްހަތަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ވަރުބަލިކަމެއް، ލޮޑުކަމެއްނެތި ރަނގަޅު މޫޑެއްގައި ދުވަސް ހޭދަކުރެވޭނެއެވެ.

އަނެއްކޮޅުން ހަނދާން ކުރަންވީ ކަމަކީ މާ ގިނައިން ނިދުމަކީ މީހާ ކަންނެތްކޮށް ލޮޑުކޮށްލާނެ ކަމެއް ކަމެވެ. އެއްވެސް މަސައްކަތެއް ކުރަން ބޭނުންނުވެ އަބަދު އެނދު މަތީ އޮންނަން ބޭނުންވެދާނެއެވެ.