ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ތަރައްގީކުރި ލަގްޒަރީ ރިސޯޓް، ވައްކަރު މޯލްޑިވްސް ގެސްޓުންނަށް ހުޅުވާލައިފި އެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން ތަރައްގީކުރި އެ ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕުލޭނެއްގައި 25 މިނެޓުން ދެވޭ ރިސޯޓެކެވެ. ވައްކަރު މޯލްޑިވްސް ގެސްޓުންނަށް ހުޅުވާލައިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ވައްކަރު މޯލްޑިވްސްގެ މަތިން ނަގާފައިވާ ފޮޓޯއެއް ---

ރާއްޖޭގެ ސަގާފަތާ ގުޅޭގޮތަށް ގުދުރަތީ ތަކެތިން ފަރުމާކޮށްފައިވާ އެ ރިސޯޓްގައި ބީޗް، ވޯޓާ ވިލާސް އަދި ސޫޓްސް އާއެކު ޖުމްލަ 125 ކޮޓަރި ހިމެނެ އެވެ.

އެގޮތުން ބީޗް ކޮޓަރި ތަކުގެ ތެރޭގައި ވެސް ހަ ކެޓަގަރީއެއްގެ ކޮޓަރި އާއި އޯވާ ވޯޓާ ބަންގަލޯގެ ގޮތުގައި ހަތަރު ކެޓަގަރީ އެއްގެ ކޮޓަރި އެ ރިސޯޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ހަތަރު ކޮޓަރީގެ އޯވާ ވޯޓާ ޕޫލް ރެސިޑެންސެއް ވެސް ހިމެނެ އެވެ.

ވައްކަރު މޯލްޑިވްސް ---

ވައްކަރު ރިސޯޓުގައި ދެ ބާއާއެކު ހަތަރު ރެސްޓޯރެންޓެއް ހިމެނޭއިރު އިންޓަނޭޝަނަލް ކެއުންތައް ލިބޭ ދެ ރެސްޓޯރެންޓަކާއި އިޓަލީއަށް ހާއްސަ ރެސްޓޯރެންޓަކާއި އޮނުގެ ނަމުގައި އޭޝިއަންގެ ކެއުން ތަކަށް ރެސްޓޯރެންޓެއް ހިމެނެއެވެ.

އަދި މޫދު ކުޅިވަރާއި ޑައިވް ސެންޓަރެއްގެ އިތުރުން ޔޯގާ އާއެކު ސްޕާ އެއްވެސް ރިސޯޓުގައި ހުރެއެވެ.