#LIVE: Raajje ah FIFA world cup trophy genaun
#LIVE: Raajje ah FIFA world cup trophy genaun

Last Updated:
8 year 10 month ago

ރާއްޖެއަށް ފީފާ ވޯލްޑް ކަޕް ޓްރޮފީ ގެނައުން

    ބުލޮގު ޚުލާސާ

    ފީފާ ވޯލްޑް ކަޕު ޓްރޮފީ ރާއްޖެ ގެނައުމުގެ ހަރަކާތްތަކުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    • ވޯލްޑް ކަޕް ޓްރޮފީއަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި ޓްރޮފީ. ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ބޭނުންކުރާނީ ފީފާ ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ.

    • މި ޓްރޮފީ ރާއްޖެ ގަނައުމަށްފަހު މާލޭގައި ޕަބްލިކް އިވެންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައި. އެގޮތުން ކޮކާކޯލާއިން ދޫކުރާ ހާއްސަ ކޫޕަން ލިބޭ ފަރާތްތަކަށް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބޭނެ.
    • 2006 ވަނަ އަހަރު ވޯލްޑް ކަޕުގެ ކުރިން ބޭއްވި ޓްރޮފީ ޓުއާއާއެކު އޭގެ ފަހުން ދެން ކުޅުނު 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިންވެސް ޓްރޮފީ ޓުއާ ވަނީ ކުރިއަށް ގެންގޮސްފައި.
    • ޓްރޮފީ ޓުއާގައި ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ މިއަދު ރާއްޖެ ގެންނަ އިރު، ޓްރޮފީއާއެކު ހާއްސަ ލެޖެންޑެއްގެ ގޮތުގައި ރާއްޖެ އަންނާނީ ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅެ، ވޯލްޑް ކަޕު އުފުލާލާފައިވާ މިޑްފީލްޑަރު ކްރިސްޓިއަން ކްރަމްބޭ.
    • ފްލައިޓް ޓްރެކްކުރެއްވުމަށް
    18:41
    ކޮކާކޯލާ ލޯކަލް ޓީމަށް އެ ކުންފުނީގެ މާކެޓިން މެނޭޖަރު އަރުން ރެޑީ ޝުކުރު އަދާކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

    18:32
    ވޯލްޑް ކަޕް ޓްރޮފީ ޓުއާ: ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯނެގުމަށް ގިނައަދަދެއްގެ ބަޔަކު ވަނީ މާފަންނު ޓާފްދަނޑަށް ޖަމާވެފަ---ސަން ފޮޓޯ/މުހައްމަދު އަފްރާހް

    18:30

    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ހަރަކާތް ފުރަތަމަ ރޭވުނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްގެންދާ ގޮތަށް. ނަމަވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކޮކާކޯލާއިން ވަނީ އިރުއޮއްސި 6:00އާ ހަމައަށް ފުރުސަތު އިތުރުކޮށްފައި.

    18:29
    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުމަށް ކުރިއަށްގެންދިޔަ ހަރަކާތަށްފަހު ކޮކާކޯލާގެ އޮފިޝަލުން މާފަންނު ޓާފް ދަނޑުގައި މަޑުކޮށްލައިގެން --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން
    އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

    ގާތްގަނޑަކަށް 7000 އާއި 10000އާ ދެމެދު އަދަދެއްގެ މީހުން ވަނީ ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯ ނަގާފައި
    18:20

    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުމަށް 18:00އާ ހަމައަށް ކިޔޫގައި ތިބި އެންމެންނަށް ފުރުސަތު ދިނުމަށްފަހު ރަސްމީކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ބަންދުކޮށްލައިފި.

    09:58

    ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯނެގުމަށް ދޫކޮށްފައިވާ ޓިކެޓްގައި ކަނޑައަޅާފައިވާ ވަގުތުގައި ފޮޓޯނަގަން އެތަނަށް ދިއުމަކީ ވަރަށް މުހިއްމުކަމެއް.

    ވޯލް ކަޕު ޓްރޮފީ ޓުއާ: ޓްރޮފީއާއެކު ފޮޓޯ ނެގުން ފެށިގެން ކުރިއަށްދަނީ

    09:56މުޙައްމަދު ޝަމްޢޫން

    ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯނެގުން މިހާރު ކުރިއަށް ދަނީ. މާފަންނު ޓާފްގައި މިހާރުވެސް ފޮޓޯ ނެގުމަށް ގިނަ ބަޔަކު ކިޔު ޖެހިފައިވާކަން ފާހަގަކޮށްލެވޭ.

    ވޯލް ކަޕު ޓްރޮފީ ޓުއާ: ޓްރޮފީއާއެކު ފޮޓޯ ނެގުން ފެށިގެން ކުރިއަށްދަނީ

    22:20
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ދައްކާލުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ދައްކާލުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    ފީފާ ވޯލްޑް ކަޕް ޓްރޮފީ ދައްކާލުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ދައްކާލުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    21:52

    މާދަމާ ހެނދުނު8:00 އިން ފެށިގެން 5:00އަށް މާފަންނު ޓާފް ދަނޑުގައި ވޯލްޑް ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުން ކުރިއަށް ދާނެ. ޓިކެޓް ލިބިފައިވާ ފަރާތްތަކުން އޭގައިވާ ގަޑިތަކުގައި ފޮޓޯނަގަން ޓާފަށް ވަޑައިގަތުމަކީ ވަރަށް މުހިއްމުކަމެއް.

    21:51

    ދެން ދަނޑުގައި ކުރިއަށް ދާނީ، 1438 ބޮޑުބެރު ގްރޫޕްގެ ހާއްސަ ހަރަކާތްތަކެއް.

    21:51

    ޓްރޮފީ އުފުއްލަވާލެއްވުމަށް ފަހު ރައީސް ޔާމީން އެނބުރި ވަޑައިގެންފި.

    21:45

    ފީފާ ވޯލްޑްކަޕް ޓްރޮފީގައި އަތްޕުޅު ލެއްވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ހަމަ އެކަނި ދިވެއްސަކަށް ރައީސް ޔާމީން. ފްރާންސްގެ ވޯލްޑް ކަޕް ލެޖެންޑް ކްރިސްޓިއަން ކްރަމްބޭ އާއި ރައީސް ޔާމީން ވޯލްޑް ކަޕް ޓްރޮފީ އުފުލާލައްވައިފި.

    21:43

    ކުޅިވަރަކީ މުޅި ދުނިޔެ އެއްބައިކުރުވާ އެއްޗެއް. ހަމަ އެހެންމެ ފުޓްބޯޅައަކީ މުޅި ދުނިޔެއަަށް އުފާވެރިކަން ގެނުވާ ކުޅިވަރެއް. މި ރަން ތަށި އުފުލައިލާއިރު ދިވެހީން ވިސްނަންވާނީ، މި ފަދަ އުފާވެރިކަން އަބަދުވެސް ދަމަހައްޓަން. ދިވެހީންގެ އުފާވެރި ހިނިތުންވުމާއެކު މެހެމާނުންނަށް މެހެމާންދާރީ އަދާކުރަން.

    21:40

    މިއީ ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާނާއި އާޖެންޓީނާގެ ތަރި ޑިއެގޯ މެރަޑޯނާ ފަދަ ކުޅުންތެރީން ކެޕްޓަން ބޭންޑާއެކު އުފުލާލި ޝަރަފްވެރި ޓްރޮފީއެއް ކަމަށާއި މިފަދަ ޓްރޮފީއެއް ދިވެހިރާއްޖެއަށް ގެނައުމަށް މި ލިބުނު ފުރުސަތަކީ ދިވެހީން ވަރަށް އުފާކުރާ ކަމެއް. އަދި މިއީ ހުރިހާ ދިވެހީންވެސް ވަރަށް ފަހުރުވެރިވާ ކަމެއް ކަމެއް ކަމަށް ރައީސް ވިދާޅުވި.

    21:36

    ދިވެހި ފަސްގަނޑުގައި ފީފާ ވޯލްޑް ކަޕް އުފުލާލުމަކީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް. އެހެންކަމުން މި ހަރަކާތް އިންތިޒާންކުރި ފަރާތަށް، މި ލިބުނު ފުރުސަތުގައި އެންމެހާ ދިވެހީންގެ ފަރާތުން ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވި.

    21:35

    ރާއްޖެއަކީ މެހެމާންދާރި އަދާކުރުމުގައި މުޅި ދުނިޔެއަށް ވެސް ލާމަސީލު ނަމޫނާއެއް ކަމަށާއި، އެހެންކަމުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ދިވެހީން ވަރަށް އުފަލާއެކު މަރުހަބާކިޔަން ޖެހޭކަމަށް ރައީސް ވިދާޅުވި.

    21:33

    ކްރިސްޓިއަން ކްރަމްބޭގެ ވާހަކައަށްފަހު މިހާރު ވާހަކަފުޅު ދައްކަވަނީ ރައީސް ޔާމީން.

    21:31

    މިހާރު ވާހަކަ ދައްކަނީފްރާންސް ލެޖެންޑް ކްރިސްޓިއަން ކްރަމްބޭ.

    21:28

    ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ދުނިޔޭގެ ހަތް ބިލިއަން މީހުން އެއަށް ޝައުގުވެރިވާ ފީފާ ވޯލްޑް ކަޕް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ފެނިގެން ދާނެ.

    21:26

    އެފްއޭއެމްގެ ރައީސް ބައްސާމް އަބްދުލް ޖަލީލު މިހާރު ވާހަކަ ދައްކަވަނީ. ކުރިއަށް އޮތް ހަ މަސްދުވަސް ތެރޭގައި، މުޅި އޭޝިއާ ސަރަހައްދުގައި ގާއިމުވެގެންދާ އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ އެކަޑަމީ ރާއްޖޭގައި ގާއިމު ވެގެން ދާނޭ ކަމުގެ ޔަގީންކަން ބައްސާމް ދެއްވި.

    21:24

    ޓްރޮފީ ބަހައްޓާފައި ހުރި ސްޓޭޖްގައި މިހާރު ރައީސް ޔާމީނާއެކު، ފްރާންސްގެ ވޯލްޑް ކަޕް ލެޖެންޑް ކްރިސްޓިއަން ކްރަމްބޭވެސް އެބަ ހުރި.

    21:23

    ޓްރޮފީ ދައްކާލުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ގަލޮޅު ދަނޑަށް ވަޑައިގެންފި.

    21:19

    ޓްރޮފީ ދައްކާލުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ ކުލަގަދަ ހަރަކާތް މިވަނީ ފަށާފައި. މިރޭގެ މި ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ.

    21:18

    ފީފާ ވޯލްޑް ކަޕް ޓްރޮފީ ބަލާލުމަށްޓަކައި މިހާރުވެސް ގިނަ އަދަދެއްގެ މީހުން ދަނޑަށް ވަދެފައި ވަނީ.

    21:17

    މިހާރު ޓްރޮފީ މިވަނީ ގައުމީ ފުޓްބޯޅަ ދަނޑަށް ގެނެސްފައި.

    20:05

    ވޯލްޑް ކަޕް ތަށްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް މާދަމާ ލިބިގެންދާނެ. ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނީ އެކަމަށް ހާއްސަކޮށްފައިވާ ޓިކެޓް ލިބުނު ފަރާތްތަކަށް. އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައި. ވޯލްޑް ކަޕް ޓްރޮފީއާއެކު މާދަމާ ފޮޓޯ ނެގުމަށް ޓިކެޓް ލިބުނު ފަރާތްތަކަށް ފޮޓޯ ނެގޭނީ ވަކި ވަގުތެއްގައި. އެ ފަރާތަކަށް ފޮޓޯ ނެގޭނެ ވަގުތު ޓިކެޓުގައި ހިމެނިފައިވާނެ.

    20:04
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

    19:58

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުލަގަދަ ހަރަކާތެއް ކުރިއަށްދާނެ. އެ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ. ޓްރޮފީ ދައްކާލުމުގެ އެ ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް ވަނުމުގެ ފުރުސަތު އެންމެންނަށް ވެސް ވަނީ ހުޅުވާލާފައި. ދަނޑުގައި ޖާގަ އޮތް ވަރަކުން އާންމުން ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވޭ. ދަނޑަށް ވަނުން ހިލޭ.

    19:56
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    19:38

    ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ދައްކާލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި.

    19:37
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލަނީ --- ސަން ފޮޓޯ
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލަނީ --- ސަން ފޮޓޯ
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ދައްކާލުން --- ސަން ފޮޓޯ
    19:29

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ތެރެއިން ފީފާ ވޯލްޑް ކަޕް ޓްރޮފީ ދައްކާލައިފި. ޓްރޮފީގައި އަޅާފައިވާ ފޮތިގަނޑު ނަގާފައިވަނީ މެޑަމް ފާތުން އަދި ފްރާންސް ލެޖެންޑް ކެރަމްބޫ.

    19:27

    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާއަށް މަރުހަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމާއި އެކަމަނާގެ ދަރިކަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖަށް ވަޑައިގެންފި.

    19:05
    ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓުން ތަށި ބޭލުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ތައްޔާރުކުރަނީ --- ސަން ފޮޓޯ
    18:56

    ފީފާ ވޯލްޑް ކަޕް ޓްރޮފީ، ފްލައިޓުން ބޭލުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ދަނީ ކުލަގަދަ ގޮތަކަށް ތައްޔާރުކުރަމުން.

    18:46

    ސަން އޮންލައިންގެ ދިވެހި އަދި އިނގިރޭސި ލައިވް ބްލޮގުން މައުލޫމާތު ލިބިގެންދާނެ. އޭގެ އިތުރުން ސަން ޓީވީން ވެސް ލައިވް މަންޒަރުތައް ފެނިގެންދާނެ. ސަން ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ މިދުހަތާއި ސަން އޮންލައިން ސީނިއާ ނޫސްވެރިޔާ މުހައްމަދު ސަމާހުއާއެކު ރާއްޖޭގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ ޝިފާން ރައޫފް ވެސް ސަން ޓީވީގެ ލައިވްގައި ބައިވެރިވަމުންދޭ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަން އޮންލައިންގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނާއި ފޮޓޯގްރާފަރު މުހައްމަދު އަފްރާހް އަދި ސަން ޓީވީގެ ޗީފް ކެމެރާމަން އަލީ ޝާމިން ހަރަކާތްތެރިވަމުންދާނެ.

    18:41މުޙައްމަދު ޝަމްޢޫންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދިޔަ ނަމަވެސް، އިންތިޒާމުތައް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދަނީ މަސައްކަތްކުރަމުން.

    18:34
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

    18:30މުޙައްމަދު ޝަމްޢޫންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

    ޓްރޮފީ ޓުއާގައި ބައިވެރިވާ ފްރާންސް ލެޖެންޑް ކްރަމްބޭ ވެސް ފްލައިޓުން ފައިބައިފި.

    18:23މުޙައްމަދު ޝަމްޢޫންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

    ފްލައިޓުން ފުރަތަމަ ފޭބި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު ޝަވީދާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީއާއި، ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އަދި ކޮކާކޯލާގެ އޮފިޝަލުން. ރަތް ދޫލައިގެ މަރުހަބާއާއެކު، 1438 ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދޭ.

    18:21
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    18:14

    ފްލައިޓް ޖެއްސުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރަންވޭ އިންވެސް ފެނިގެންދަނީ ތަފާތު މަންޒަރެއް. ފްލައިޓް ޖެއްސި ވަގުތު ފްލައިޓުގެ ދެ ފަރާތުން ފެނިގެންދިޔައީ ފެން އަރުވަމުންދިޔަ މަންޒަރު.

    18:13

    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފި.

    18:09މުޙައްމަދު ޝަމްޢޫންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާއަށް މަރުހަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ބައިވެރިވެޑައިގަންނަވާނެ. އޭގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އާއި، އެފްއޭއެމްގެ އިސްވެރިންނާއި، އެފްއޭއެމްގެ މުވައްޒަފުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ބައިވެރިވާނެ.

    18:05
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާއަށް މަރުހަބާ ކިޔުމަށް 1438 ބޮޑުބެރު ގްރޫޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތައްޔާރުވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    17:51
    މިސްރުގައި 2014 ވަނަ އަހަރު ކުރިއަށްގެންދިޔަ ކޮކާކޯލާ ޓްރޮފީ ޓުއާ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ ކޮކާކޯލާ

    17:44މުޙައްމަދު ޝަމްޢޫންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

    ޓްރޮފީ ޓުއާ ފްލައިޓް ރާއްޖޭގައި ޖެއްސުމަށް ގާތްވެފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވެސް ވަނީ ވަރަށް ވަރުގަދަކޮށްފައި. އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިވެހި ސިފައިން ދަނީ ހަރަކާތްތެރިވަމުން.

    17:38
    ކޮކާކޯލާ ވޯލްޑް ކަޕް ޓްރޮފީ ޓުއާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތައްޔާރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    17:35

    މިއަހަރުގެ ޓްރޮފީ ޓުއާގެ ކުރިން މިދިޔަ އަހަރު ރަޝިއާގައި ޓްރޮފީ ޓުއާގެ ހަރަކާތްތަކެއް ކުރިއަށްދިޔަ. ރަޝިއާއަށް ކުރި އެ ދަތުރުގައި 223،100 އަށްވުރެ ގިނަ މީހުންނަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ޓްރޮފީ ބަލައިލުމުގެ ފުރުސަތު ލިބިގެންދިޔަ.

    17:32
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    17:27

    ވޯލްޑް ކަޕް ޓްރޮފީއާއެކު މާދަމާ ފޮޓޯ ނެގުމަށް ޓިކެޓް ލިބުނު ފަރާތްތަކަށް ފޮޓޯ ނެގޭނީ ވަކި ވަގުތެއްގައި. އެ ފަރާތަކަށް ފޮޓޯ ނެގޭނެ ވަގުތު ޓިކެޓުގައި ހިމެނިފައިވާނެ.

    17:19
    ލަންކާގެ ރައީސް ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވޯލްޑް ކަޕްގެ ޓްރޮފީއާއެކު --- ފޮޓޯ/ ކޮކާކޯލާ
    ކޮކާކޯލާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ލަންކާ ދަތުރުގައި ކަރަމްބޭ ޓްރޮފީ ހިފަހައްޓާލައިގެން --- ފޮޓޯ/ ކޮކާކޯލާ
    ލަންކާގައި ކުރިއަށްދިޔަ ކޮކާކޯލާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ ކޮކާކޯލާ
    17:14

    މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ހަރަކާތަށްފަހު، ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް މާދަމާ ލިބިގެންދާނެ. ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނީ އެކަމަށް ހާއްސަކޮށްފައިވާ ޓިކެޓް ލިބުނު ފަރާތްތަކަށް. އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައި.

    17:11
    ކޮކާކޯލާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ބޭނުންކުރާ ހާއްސަ ފްލައިޓު --- ސަން ފޮޓޯ
    ރާއްޖެއަށް ކުރާ ދަތުރުގައި ބައިވެރިވާ ފްރާންސް ލެޖެންޑް ކަރަމްބޭ، ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓް ތެރޭގައި: އޭނާ ވަނީ ފްރާންސްއާއެކު ވޯލްޑް ކަޕް 1998 ކާމިޔާބުކޮށްފައި --- ސަން ފޮޓޯ
    17:09

    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ފްލައިޓް 17:45ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ.

    17:01
    ސްރީލަންކާއިން ފީފާ ވޯލްޑް ކަޕް ޓްރޮފީ ފްލައިޓްގައި ރާއްޖެއަށް ދަތުރުކުރާ ޓީމުގެ މެންބަރުންނާއި ފްރާންސް ލެޖެންޑް ކަރަމްބޭ ލަންކާ އެއާޕޯޓުގައި --- ސަން ފޮޓޯ
    16:59

    ވޯލްޑް ކަޕް ޓްރޮފީ ދިވެހިންނަށް ދައްކާލުމަށްޓަކައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށްދާނެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ.

    16:57

    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ހާއްސަ ފްލައިޓް ލަންކާއިން ރާއްޖެއަށް ކުރާ ދަތުރު ފަށައިފި.

    16:46

    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ރާއްޖެއަށް ދަތުރުކުރާ ޓީމުގެ މެންބަރުން މިހާރު ލަންކާއިން ރާއްޖެއަށް ފުރުމަށް ފްލައިޓަށް ވަނީ އަރާފައި. އެ ފްލައިޓަކީ ކޮކާކޯލާއިން ޓްރޮފީ ޓުއާގައި ބޭނުންކުރާ ހާއްސަ ފްލައިޓެއް. އެ ފްލައިޓުގައި ޓްރޮފީ ބަހައްޓާފައި ހުންނަނީ ސެކިއުރިޓީއާއެކު ހާއްސަކޮށްފައިވާ ތަނެއްގައި. ފްލައިޓު ތެރޭގައި ވެސް ޓްރޮފީގައި އަތްލެވޭނީ ހަމައެކަނި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ސްކޮޑެއްގައި ހިމެނޭ ކުޅުންތެރިންނާއި ގައުމުތަކުގެ އެންމެ އިސްވެރިޔާއަށް.

    16:42
    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ރާއްޖެއަށް ދަތުރުކުރާ ޓީމުގެ މެންބަރުން ޓުއާގައި ބޭނުންކުރާ ހާއްސަ ފްލައިޓުގައި --- ސަން ފޮޓޯ
    ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު ރާއްޖެއަށް ދަތުރުކުރާ ޓީމުގެ މެންބަރުން ޓުއާގައި ބޭނުންކުރާ ހާއްސަ ފްލައިޓް ކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ތެރެއިން --- ސަން ފޮޓޯ
    ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ތެރެއިން --- ސަން ފޮޓޯ
    16:37

    ކަރަމްބޭއާއެކު ރާއްޖޭން ތަށީގައި އަތްލެވޭނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް. މިއަދާއި މާދަމާ ޓްރޮފީ ޓުއާގެ ހާއްސަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށްދާނެ.

    16:22

    ރާއްޖެއަށް ކުރާ ދަތުރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިއެއްގެ ގޮތުގައި ދަތުރުގައި ބައިވެރިވާނީ ފްރާންސް ލެޖެންޑް ކްރިސްޓިއަން ކްރަމްބޭ. އޭނާއަކީ ފްރާންސް ގައުމީ ޓީމާއެކު ވޯލްޑް ކަޕް 1998 ކާމިޔާބުކުރި ކުޅުންތެރިއެއް.

    16:16

    ލަންކާއިން ރާއްޖެއަށް ކުރާ ދަތުރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީއާއި، ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލާއި، ކޮކާކޯލާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ.

    16:13

    ފީފާ ވޯލްޑް ކަޕް ޓްރޮފީ މިހާރު ހުރީ ލަންކާގައި. ޓްރޮފީއާއެކު ދަތުރުކުރާ ހާއްސަ ފްލައިޓް މިހާރު ރާއްޖެއަށް ފުރުމަށް ދަނީ ތައްޔާރުވަމުން.