24 Jan 2018, 11:15
ޅ. ފުށިފަރު ރިސޯޓުގައި ވަޒީފާ އަދާ ކުރާ 35 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ޅ. އަތޮޅު ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން އެކަން މިއަދު ހެނދުނު 7:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުން އޭނާ ފެނިފައިވަނީ އޭނާގެ ނިދާ ކޮޓަރީގައި އެނދުމަތީ އޮއްވައެވެ. މިއަދު ޑިއުޓީއަށް ދާން ނުހޭލައިގެން އެކުގައި އުޅޭ މީހުން ގޮވިއިރު މަރުވެފައި އޮތްކަން ވަނީ އެނގިފައެވެ.
ފުލުހުން ބުނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.