16 Aug 2011, 16:13
ފަހުން ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ކަސްޓަމްސް އިން ދޫކުރި ހެވީ ލޯޑުގެ ފަސް އެކްސްކަވޭޓަރަށް ޑިއުޓީ ދައްކާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުންޏަށް ދޫކޮށްފައިވާ ފަސް އެކްސްކަވޭޓަރަށް ޑިއުޓީގެ ގޮތުގައި 314،000ރ. ވަނީ އިއްޔެ ދައްކާފައި އެވެ. އެ ވެހިކަލްތަކުން ޑިއުޓީ އަށް ނެގީ 35 ޕަސަންޓް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރީކޯ މޫސަގެ ކުންފުންޏަށް ޑިއުޓީ ފަހުން ދައްކާ ގޮތަށް ވެހިކަލްތައް ދޫކޮށްފައި ވަނީ 48 ގަޑިއިރުތެރޭ ފައިސާ ދައްކަން އިގުރާރުވުމަށް ފަހު އެވެ.
އެ ވެހިކަލްތައް ދޫކުރީ، އެއީ ސާކު ސަމިޓުގެ މަސައްކަތްތަކެއް ކުރުމަށް އެމަޖެންސީގައި އައްޑޫއަށް ގެންދަން ޖެހޭ ވެހިކަލްތަކަކަށް ވާތީ ކަމުގައި ވެސް ކަސްޓަމުން ބުނެ އެވެ.