24 Jan 2018, 10:38
ބޮލީވުޑްގެ ކުޅަދާނަ ބަޠަލް ސަލްމަން ހާން ހަރަކާތްތެރިވާ ފިލްމު "ބަޖްރަންގީ ބައިޖާން" ޗައިނާގައި އަޅުވަން ނިންމައިފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ނުކުތް އެ ފިލްމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. އަންނަ މާޗް މަހުގެ ދެވަނަ ދުވަހު ފިލްމު ޗައިނާގެ 8000 ސްކްރީނެއްގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.
ކަބީރު ހާން ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ވެގެންދާނީ ޗައިނާގައި ސަލްމާންގެ ފިލްމެއް އަޅުވާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ބޮލީވުޑްގެ ބަޠަލް އާމިރު ހާންގެ ދެތިން ފިލްމެއް ޗައިނާގައި އަޅުވާފައިވާއިރު އާމިރަށް އަންނަނީ ޗައިނާއިން ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"ބަންޖްރަންގީ ބައިޖާން" އިން ދައްކުވައިދެނީ އިންޑިއާއަށް ގެއްލިފައިވާ ޕާކިސްތާނުގެ ކުޑަ 'މަންމަން' އަންހެން ކުއްޖެއް، ޕާކިސްތާނުގައި ހުރި އޭނާގެ މަންމަ އާއި ހަމައަށް ގެންގޮސް ދިނުމަށް ސަލްމާން ކުރާ ބުރަ މަސައްކަތެވެ.
މައުލޫމާތު: ވެރައިޓީ