24 Jan 2018, 00:27
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިލާ ހޮޓެލްސްގެ ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރެޝަނުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިޝަލުންގެ ނަންތައް އާންމު ކުރި މައްސަލަ ކަސްޓަމްސްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނާ ގުޅިގެން ވިލާގެ ވަކީލުން މިރޭ ނެރުނު ބަޔާނުގައި އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިސަރުންގެ ނަން ވަނީ ހާމަކޮށްފައެވެ.
އެކަމާ ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނުގައިބުނީ ވިލާ ޝިޕިންގެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށްކަމަށާއި އެކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާގައި ބައިވެރިވުން ތުހުމަތުކޮށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެކަން ތަހުގީގުކުރުމަށް ބާރުއަޅާ ހިއްސާކޮށްފައިވާ ބަޔާނުގައި ވަަކިވަކި ކަސްޓަމްސް އޮފިސަރުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
އެއީ ކަސްޓަމްސް އޮފިސަރުންގެ މަސައްތަކަށް ނުފޫޒު ފޯރުވުން ކަމަށާއި އެ އޮފިސަރުންނަށް ބިރުދެއްކުން ކަމަށް ގަބޫލު ކުރާ ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވެއެވެ.
ކަސްޓަމްސް އިން އެފަދަ ބަޔާނެއް ނެރެފައިވާއިރު ޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެކަން ތަހުގީގު ކުރުމަށް ބާރުއަޅައި ހިއްސާ ކޮށްފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެކަން ކުށްވެރި ކޮށް ފުލުހުންވެސް ވަނީ މިރޭ ބަޔާނެއް ނެރެފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އެއަމަލަކީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފުން، ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށާއި އެ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރުދެއްކުން ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.