ހޮލީވުޑްގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ ނުވަތަ އެކެޑެމީ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

ނުވަދިހަ ވަނަ އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންސްގެ ކުރީގައި އުޅެނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފެންޓަސީ ތްރިލާ ފިލްމު ދަ ޝޭޕް އޮފް ވޯޓާއެވެ. އެ ފިލްމު ވަނީ 13 ނޮމިނޭޝަންގައި ހިމެނިފައެވެ. އޭހެ ތެރޭގައި އެންމެ މޮޅު ފިލްމު ވެސް ހިމެނެއެވެ.

އަށް ނޮމިނޭޝަންސް އާއެކު ނޮމިނޭޝަންސް ލިސްޓުގެ ދެވަނަ ލިބެނީ ޑޮންކާކް އަށެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ބައެއް ވަހަކަތައް ކިޔައިދޭ އެކްޝަން ތްރިލާ ފިލްމެކެވެ.

ނޮމިނޭޝަން ލިސްޓުގެ ތިންވަނަ ލިބެނީ ތްރީީ ބިލަބޯޑްސް އައުޓް ސައިޑް އެބިން، މިޒޯރީ އަށެވެ. އެ ފިލްމަށް ހަތް ނޮމިނޭޝަން ލިބިފައިވެއެވެ.

އޮސްކާ ގެ މުހިއްމު ނޮމިނޭޝަންތަކަށް ބަލާއިރު އެންމެ މޮޅު ފިލްމަށް ނޮމިނޭޓް ވެފައިވަނީ ދަޝޭޕް އޮފް ވޯޓާގެ އިތުރުންކޯލް މީ ބައި ޔޯ ނޭމް، ޑާކެސްޓް އަވާ، ޑޮންކާކް، ގެޓް އައުޓް، ލޭޑީ ބާޑް، ޕެންތޮމް ތްރެޑް، ދަ ޕޯސްޓް، އަދި ތްރީ ބިލަބޯޑްސްއެވެ.

އެންމެ މޮޅު އަންހެން އެކްޓަރުންނަށް ނޮމިނޭޓް ވެފައިވާ ތަރިން

  • ސެލީ ހޯކިންސް (ދަ ޝޭޕް އޮފް ވޯޓާ)

  • ފްރާންސެސް އެކްދޯމާންޑް (ތްރީ ބިލަބޯޑްސް)
  • މާގޮޓް ރޯބީ (ޓޮންޔާ)
  • ޝިއޮޝާ ރޮނާން (ލޭޑީ ބާޑް)
  • މެރީލް ސްޓްރީޕް (ދަ ޕޯސްޓް)

އެންމެ މޮޅު ފިރިހެން އެކްޓަރުންނަށް ނޮމިނޭޓް ވެފައިވާ ތަރިން

  • ޓިމޮތީ ޗެލަމެޓް (ކޯލް މީ ބައި ޔޯ ނޭމް)

  • ޑޭނިއަލް ކެލޫޔާ (ގެޓް އައުޓް)
  • ޑޭނިއަލް ޑޭ ލެވިސް (ޕެންތޮމް ތްރެޑް)
  • ގްރޭ އޯލްޑް މޭން (ޑާކެސްޓް އަވާ)
  • ޑެންޒެލް ވޮޝިންޓަން (ރޯމަން ޖޭ އިޒްރާއެލް)

މިއަހަރުގެ އޮސްކާ އެވޯޑް ހަފްލާ އޮންނާނީ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލްސްގެ ޑޮބްލީ ތިއޭޓަރުގައެވެ.