23 Jan 2018, 18:39
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕާކުގައި އައުޓް ޑޯ ޖިމް އެއް ތަރައްގީ ކުރަން ނިންމައިފިއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު "ސަން" އަށް މިއަދު ވިދާޅުވީ ޖިމް ތަރައްގީ ކުރާނީ ކައުންސިލުން ކަމަށެވެ. ޖިމްގައި ބަހައްޓާނޭ 12 އިކުއިޕްމެންޓް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އިކުއިޕްމެންޓްތައް ހަދިޔާ ކުރީ ހެލްތް މިނިސްޓްރީންނެވެ.
"ހުރިހާ އުމުރަކަށްވެސް ބޭނުންކުރެވޭނެ ގޮތަކަށް ޖިމް ތަރައްގީ ކުރާނީ. އެތާ ބަހައްޓާނެ އިކުއިޕްމެންޓްތައް ހެލްތު މިނިސްޓްރީ އިން ހަދިޔާ ކުރީ. އިރާދަ ކުރެއްވިއްޔާ ދެން ކުރަންޖެހޭ މަސައްކަތްތައް ކުރާނީ ކައުންސިލްގެ ޚަރަދުގައި،" އަހުމަދު ވިދާޅުވިއެވެ.
އައުޓް ޑޯ ޖިމް ތަކަކީ މިހާރު ރަށްރަށުގައި ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ތަނެކެވެ. ހުރިހާ އެންމެންނަށްވެސް ބޭނުން ކުރެވޭގޮތަށް، ރަށްރަށުގައި އޯޕަން ޖިމްތައް އަންނަނީ ގާއިމް ކުރަމުންނެވެ.