24 Jan 2018, 10:00
ޓުވެންޓިއެތް ސެންޗަރީފޮކްސްގެ ފިލްމު "މޭޒްރަނާ: ދަ ޑެތް ކިޔޯ" އަންނަ ހުކުރު ދުވަހު ރާއްޖޭގައި ވެސް ޕްރެމިޔާ ކުރާނެއެވެ.
ފިލްމު ޕްރެމިޔާކޮށް ރާއްޖޭގައި ދައްކާނީ ޝްވެކް ސިނަމާގައެވެ. މާލެ އަދި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ފިލްމު އަޅުވާނެއެވެ. ޝެޑިއުލް މިހާރު ޝްވެކް ސިނަމާގެ ފޭސްބުކް، ޓްވިޓާ އަދި ވެބްސައިޓުން ބަލާލެވޭނެއެވެ.
Schwack Cinema Hulhumale' Schedule from January 25th - January 31st | Get Your Tickets Now...#movieschedule#schwackcinema#getyourticketsnowpic.twitter.com/IitrIEB1iD
— Schwack Cinema (@Cinema_mv)January 22, 2018
މިއީ މޭޒް ރަނާ ސާގާގެ ފިނާލޭ ފިލްމެވެ. މޭޒް ރަނާ ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ދަ މޭޒް ރަނާ (2014) އަދި މޭޒް ރަނާ: ދަ ސްކޯރޗް ޓްރައިޔަލްސް (2045) އާ މިފަހަރުގެ ފިލްމު ވެސް އޮންނާނީ ގުޅިފައެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ޑެލައިން އޯ ބްރިއެން، ކާޔާ ސްކޯޑިލޭރިއޯ، ތޯމަސް ބްރޯޑީ ފަދަ ތަރިން ހިމެނެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ވެސް ބޯލް އެވެ. ފިލްމުގައި ފެންނާނީ މޭޒް ރަނާ ފިލްމުތަކުން ފެންނާނެ އެންމެ ވަރުގަދަ މިޝަންއެވެ.