ނ. ލަންދުއަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެރަށު ކައުންސިލްގެ މެމްބަރު އަބްދުﷲ އާރިފް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެރަށު ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލަންދުއަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައިގެ ތުހުމަތުގައި މި މަހުގެ 10 ވަނަ ދުވަހު ހައްޔަރުކުރި އާރިފް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ލަންދޫ ބަނދަރުގައި އޮތް ސަޕްލައި ދޯންޏެއްގެ ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 25 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ ފޮށިގަނޑުގައި ވަނީ އާރިފްގެ ނަން ލިޔެފައެވެ.