22 Jan 2018, 10:43
ނިމިދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ ކޯޓްތަކަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އާއިލީ މައްސަލަތައް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ 2017 ވަނަ އަހަރު ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވަނީ 20،696 މައްސަލަ ކަމަށާއި އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު ތިން އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މިހާތަނަށް ރިކޯޑު މިންވަރަކަށް މައްސަލަތައް ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 20،000 އަށް ވުރެ ގިނަ މައްސަލަތައް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީއިން ބުނެއެވެ.
މިދިޔަ އަހަރު ކޯޓުތަކަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އާއިލީ މައްސަލަތަކަށް ވާއިރު އެއީ ހުށަހެޅި މައްސަލަތަކުގެ 46 އިންސައްތައެވެ. 28 އިންސައްތް މައްސަލައަކީ މަދަނީ މައްސަލައެވެ. އަދި 26 އިންސައްތަ މައްސަލައަކީ ޖިނާއީ މައްސަލަތަކެވެ.