ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ކެބިން ކްރޫއިން ހޯދަން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގައި ކެބިން ކްރޫއިން ހޯދަން ކޮށްފައިވާ އިއުލާނުގައިވާގޮތުން އެމަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

މޯލްޑިވިއަންގެ ކެބިން ކްރޫއަށްވުމުގެ ޝަރުތުތައް:

  • ރަނގަޅު ފާހަކާއެކު ޖީސީއީ އޯ ލެވެލް ނިންމާފައިވުން

  • އިނގިރޭސިބަހުން ވާހަކަދައްކަން މޮޅުވުން
  • ސިއްހީގޮތުން ދުޅަހެޔޮ މީހަކަށްވުން
  • މީހުންނާއި ގުޅިގެން މަސައްކަތްކުރާ މީހަކަށްވުން

އޭގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ ޖެނެރަލް ޓެސްޓުން ފާސްވެފައިވުން އެއީ ލިބޭނެ ޕްލަސް ޕޮއިންޓެއްކަމަށް އެ އިއުލާނުގައި ވެއެވެ.

އެކަމަށް ޝަރުތުހަމަވާމީހުންނަށް އަންނަ ފެބްރުއަރީމަހުގެ އެެއްވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 6:00 އަށް މާބްލް ހޮޓެލްގައި ވޯކް-އިން އިންޓަވިއު އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އިންޓަވިއުއަށް އަންނަ މީހުން ރަސްމީ ހެދުމެއްގައި ނަގާފައިވާ ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯއާއި، ފުލް ސައިޒް ފޮޓޯއެެއްގެ އިތުރުން ސީވީ ގެންދަން ވާނެކަމަށް މޯލްޑިވިއަންގެ އިއުލާނުގައި ވެއެވެ.