ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ 40 ފުލުހަކު މިއަދު ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއެވެ.

މިއަދު ހުވާކޮށްފައިވަނީ 34 ފުލުހަކާއި ސްޕެޝަލް ކޮންސްޓަބަލަރީ ފުލުހުންގެ ޚިދުމަތާ ގުޅުނު ހަ ފުލުހުންނެވެ.

ހިދުމަތަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މިއަދުގެ ރަސްމިއްޔާތުގައި ރިސޯސް މެނޭޖްމަންޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދާއި، ރިސޯސް މެނޭޖްމަންޓް ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.