Back
Nov 23, 2025 SUN
SUN

ބޮޑު ތަފާތަކުން ވިޔެންސާ ބަލިކޮށް ރެޑްލައިން ކްލަބުވެސް ފައިނަލަށް

ބޮޑު ތަފާތަކުން ވިޔެންސާ ބަލިކޮށް ރެޑްލައިން ކްލަބުވެސް ފައިނަލަށް
Lead photo

ގައުމީ ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބޮޑު ތަފާތަކުން ވިޔެންސާ ސްޕޯޓްސް ކްލަބު ބަލިކޮށް ރެޑްލައިން ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުން މޮޅުވެ މަހިބަދޫ ސްޕޯޓްސް ކްލަބުވަނީ އެއްކޮޅުން ފައިނަލަށް ދަތުރުކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ރެޑްލައިން ކްލަބުން ވިޔެންސާ ބަލިކުރީ 70 ޕޮއިންޓް 32 ޕޮއިންޓުންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެޑް ލައިން ކްލަބުގެ ލަޔާން އަލީ ރަޝީދެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގައި މިއަހަރު ހަ ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރި ހޯދި ދެ ޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދޭއްގެ ދެވަނަ ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ދޭއްގެ އެއްވަނައާއި ގްރޫޕް އެކެއްގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics