އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިސަރު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ތަހުގީގު ނިންމައި މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ފުޅާ ދާއިރާއެއްގައި ކުރެހުމުގެ މަސައްކަތްކުރާ ހަސަން ފާއިޒް (ޖޭސަން) ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވަނީ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.