21 Jan 2018, 13:49
އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ޚާއްސަ ވޯކްޝޮޕެއްވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް(ވިމް) ޖަމިއްޔާއިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ވިމެން އިން މެނޭޖްމެންޓާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ބާއްވާ މި ވޯކްޝޮޕަކީ، އޮފީސް މާހައުލުގައި ލީޑަޝިޕް ރޯލުތައް އަދާކުރާ ފަރާތްތަކުން އޭނާގެ ލީޑަޝިޕަށް މީހުންގެ އިތުބާރު ހޯދާނީ ކިހިނެއްކަން ދަސްކޮށްދޭނެ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގެ ފެސިލިޓޭޓަރަކީ ސްރީލަންކާގެ ތަޖުރިބާކާރެއް ކަމުގައިވާ، ޑރ. ސުލޯޗަނާ ސެގެރާއެވެ. އޭނާއަކީ ސެޓިފައިޑް ޕާސަނަލް ޑިވެލޮޕްމެންޓް ޓްރެއިނަރެކެވެ.
ވިމެން އިން މެނޭޖްމެންޓުން މައުލޫމާތު ދޭ ގޮތުގައި، މި ވޯކްޝޮޕުގައި ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި މީހުންގެ އިތުބާރު ލިބޭނެ ގޮތްގޮތަށް އަމަލުކުރުމާއި، އަމިއްލަ އަޚުލާގީ މިންގަނޑެއް އެކުލަވާލުމާއި، ލީޑަރެއްގެ ގޮތުން ބުނާ ބަހުގައި ހިފެހެއްޓުމާއި، އިތުބާރު ހުރި މީހެއްގެ ސިފަތައް ފަދަ ކަންކަން ހިމެނެއެވެ.

ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް (ވިމް) ޖަމިއްޔާއިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި --
ވިމެން އިން މެނޭޖްމެންޓުން ބުނީ މި ވޯކްޝޮޕަކީ ޓީމް ލީޑަރުންނާއި، ސޭލްސް އެންޑް މާކެޓިންގް ދާއިރާއާއި ހިއުމަން ރިސޯސެސް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި، އިންވެސްޓަރ ރިލޭޝަންސް މެނޭޖަރުންނާއި އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޓްރެއިނަރުން ބައިވެރިވުމަށް ވަރަށް ރަނގަޅު ވޯކްޝޮޕެއް ކަމަށެވެ.
ވޯކްޝޮޕުގެ އަގަކީ 1،000 ރުފިޔާއެވެ. ނަމަވެސް ވިމެން އިން މެނޭޖްމެންޓްގެ މެމްބަރުންނަށް ވޯކްޝޮޕުގެ އަގަކީ 800 ރުފިޔާއެވެ.
ވިމެން އިން މެނޭޖްމެންޓަކީ އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތް ކުރާ ސްރީލަންކާގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ދިވހެިރާއްޖޭގެ ގޮފި، ރާއްޖޭގައި އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.