ޖަމައިކާގެ މޮންޓެގޯ ބޭގައި ތިބި އިނގިރޭސިވިލާތުގެ ފަތުރުވެރިން ރިސޯޓުން ބޭރަށް ނުދިއުމަށް އަންގައި އިންޒާރު ދީފިއެވެ.

ޔޫކޭ ފޮރިން އޮފީހުން ބުނީ، އިނގިރޭސި ވިލާތުގެ ފަތުރުވެރިން ރިސޯޓުން ބޭރަށް ނުދިއުމަށް އިންޒާރު ދީފައިވަނީ އެ ސަރަހައްދުގައި ބަޑީގެ ހަމަލާތައް ގިނަވުމާ ގުޅިގެން ޖަމައިކާގެ ސަރުކާރުން މޮންޓެގޯ ބޭގެ ހިސާބެއްކަމަށްވާ ޖޭމްސް ޕަރިޝްއަށް ސްޓޭޓް އޮފް އެމެޖެންސީ ނެރުމާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކާ ގުޅިގެން ކަމަށެވެ.

ފޮރިން އޮފީހުގެ ސްޕޯކްސް ޕާސަން ވިދާޅުވީ، އެ ގައުމުގެ ސަރުކާރުގެ އިރުޝާދާ އެއްގޮތަށް ހުރިހާ ފަތުރުވެރިން އަމަލު ކުރަން ޖެހޭނެ ކަމަށާއި ދަތުރުފަތުރުކޮށް އުޅުމުގައި އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

އެ ސަރަހައްދަށް ސްޓޭޓް އޮފް އެމެޖެންސީ ނެރެފައިވަނީ އާންމުންގެ ސަލާމަތަށްޓަކައި ކުއްލިހާލަތު މުހިންމުވުމުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނެސް ވިދާޅުވިއެވެ.

އެ ގައުމުގެ ޗީފް އޮފް ޑިފެންސް ވިދާޅުވީ، ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި ޓާގެޓް ކުރަނީ ގޭންގްތަކާއި، މަރުގެ މައްސަލައިގައި ޒިންމާވާ މީހުންނާއި ބަޑި ފަދަ ހަތިޔާރު ޓްރެފިކިން ގެންގުޅޭ މީހުންނަށް ކަމަށެވެ. އަދި އެ ހާލަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އެ ގައުމުގެ ޗީފް އޮފް ޑިފެންސް ވަނީ އެދިލައްވައިފައެވެ.

ރިޕޯޓުތަށް ބުނާގޮތުގައި އިނގިރޭސިވލާތުން ޖަމައިކާއަށް އަހަރަކު 200000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.