ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ، ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) މިއަހަރު އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ މަހާރަޝްތްރާ ސްޓޭޓްގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ދީފިއެވެ.

ހައިރައިޒުން ބުނީ، ސަޓާ އެވޯޑް އިންޑީއާގައި ބާއްވާނެ ތަނެއް ކަނޑައެޅުމުގެ ގޮތުން ސަޓާ އެވޯޑުގެ ޓީމެއް މިހާރު އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެކި ބޭފުޅުންނާ ބައްދަލުކޮށް ސަޓާ އެވޯޑު ބާއްވާނެ ތަނަކާ ބެހޭގޮތުން މަޝްވަރާތައް ކުރަމުން ދާކަމަށްވެސް ހައިރައިޒުން ބުންޏެވެ.

ސަޓާގެ ޓީމުން އިންޑިއާގެ މަހާރަޝްތްރާ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކޮށް ސަޓާ އެވޯޑާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގައި އެ އެވޯޑު މުމްބާއީގައި ބާއްވަން އެ ކޯޕަރޭޝަނުން ފުރިހަމަ އެއްބާރުލުންދީ ސަޓާ އެވޯޑަށް މަރުހަބާ ކިޔާ ކަމަށް ހައިރައިޒުން ބުންޏެވެ.

ސަޓާގެ ޓީމުންވަނީ އިންޑިއާގައި ކުރިއަށްގެންދާ އެންމެ ބޮޑު ފެއާކަމުގައިވާ އައުޓްބައުންޑް ޓްރެވަލް ފެއާ (އޯޓީއެމް) އަށް ޒިޔާރަތްކޮށް ބޫޓާންގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރާވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ސަޓާ 2020 ބޫޓާންގައި ބޭއްވުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް މަޝްވަރާތައް ކުރައްވާފައިވާކަމަށް ހައިރައިޒުން ބުންޏެވެ.

ސަޓާގެ ޓީމުން ބޫޓާންގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރާއި ބައްދަލުކުރުން -- ފޮޓޯ/ ހައިރައިޒް

އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑަށްއޮންލައިންކޮށްނޮމިނޭޓްވުމުގެ ފުރުސަތު މާޗް 15 އާ ހަމައަށް ހައިރައިޒުން ވަނީ ހުޅުވާލައިފައެވެ. ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ހައިރައިޒުން ބުންޏެވެ.

ސަޓާ އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުވެސް މަސައްކަތް ކޮށްފައިވަނީ ސަން އޮންލައިނެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް