16 Aug 2011, 10:13
ބަޣްދާދު (އޮގަސްޓް16) : ޢިރާޤުގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ޙަމަލާތަކެއްގައި 60 މީހަކު މަރުވެ 230 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެ އެވެ. ޢިރާޤުގެ 10 ރަށެއްގައި ސިލްސިލާ ގޮތެއްގައި ހިންގި ބޮންގޮއްވުމުގެ މިޙަމަލާތަކަކީ މިއަހަރު ޢިރާޤުގައި ހިންގި މިބާވަތުގެ އެންމެ ލޭއޮހޮރުވުން ބޮޑު ޙަމަލާތައް ކަމަށް ޚަބަރުލިބެ އެވެ.
ޢިރާޤުގެ ފުލުހުން ބުނި ގޮތުގައި އިއްޔެގެ ޙަމަލާތަކުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ ބަޣްދާދުގެ އިރުމަތިން 160 މޭލު ދުރުގައިވާ ކޫތު ސިޓީގަ އެވެ. އެ ސިޓީގައި ބާރުގަދަ ދެބޮން ގޮއްވާލުމުގެ ސަބަބުން 37 މީހުން މަރުވެފައިވެ އެވެ. ބޮމުގެ ޙަމަލާތައް ދިން ރައްތަކުގެ ތެރޭގައި ނަޖަފް އާއި ބަޢްޤޫބާ ހިމެނެ އެވެ. (އަލްޖަޒީރާ)