ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެ އެވެ. 

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ބޭރު ފާރުވެއްޓިފައި

އެ ރަށަށް ނަގޫރޯޅިއަރާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ހާއިރު އެވެ. އަދި ނަގޫރޯޅި އެރީ ރަށުގެ އުތުރު ފަރާތުން ކަމަށާއި ފައިބައިގެން ދިޔައީ ދެކުނު ފަރާތުން ކަމަށް މައުލޫމާތު ލިބެ އެވެ. 

ޅައިމަގަށް އެރި ނަގޫރޯޅިއާއެކު އަރައި ޓިނުގަނޑެއް ވިއްސައިގެން ގޮސްފައި

މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ބޭރު ފާރުވެއްޓިފައި

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ބޭރު ފާރުވެއްޓިފައި|ސޯޝަލް މީޑިއާ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގަސްތައް ވެއްޓިފައި

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އަދި ނަގޫރޯޅީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކައުންސިލްއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. 

ޅައިމަގަށް އެރި ނަގޫރޯޅިއާއެކު ސްކޫލުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި
ޅައިމަގަށް އެރި ނަގޫރޯޅިއާއެކު ސްކޫލުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި
ޅައިމަގަށް އެރި ނަގޫރޯޅިއާއެކު އަރައި ޓިނުގަނޑެއް ވިއްސައިގެން ގޮސްފައި

ޅައިމަގަށް އެރި ނަގޫރޯޅިއާއެކު އަރައި ޓިނުގަނޑެއް ވިއްސައިގެން ގޮސްފައި

ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޅައިމަގަށް އެރި ނަގޫރޯޅިއާއެކު އެރަށުގެ ބޮޑެތި ގަސްތައް ވަނީ ބިމާ ހަމަވެފަ އެވެ. ބޮޑެތި ބަބުކެޔޮ ގަސްތަކާއި، ރުށްތައް ވެއްޓިފައިވާއިރު، ބައެއް ގެތަކުގެ ފާރުތައް ވެއްޓިފައިވާއިރު، ބައެއް ގެތަކުގެ ފުރާޅުތައް ވަރަށް ދުރަށް އެއްލާލާފައިވެ އެވެ. 

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގަސްތައް ވެއްޓިފައި

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގަސްތައް ވެއްޓިފައި

ޅައިމަގަށް އެރި ނަގޫރޯޅިއާއެކު ސްކޫލުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި

ޅައިމަގަށް އެރި ނަގޫރޯޅިއާއެކު ސްކޫލުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، ހުކުރު ދުވަހު ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.