ށ. ފީވަކު ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގައި މިހާރުގެ ސަރުކާރުން ޕަމްޕް ސްޓޭޝަންގައި ފެންސެއް ޖެހުމުން ފިޔަވައި އެހެން އެއްވެސް
މަސައްކަތެއް ކޮށްފައިނުވާކަމަށް ފީވަކު ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީއާ
ވާހަކަދައްކަމުން ފީވަކު ކައުންސިލުން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ މިހާރުގެ ސަރުކާރުން
ފީވަކުގައި ނިންމާފައިވާ މަޝްރޫއެއް ދައްކަން އެދުމުން ކައުންސިލުން ދެއްކި މަޝްރޫއެކެވެ.
ނަމަވެސް އެތަނަށް ބަލާއިރު މިހާރުގެ ސަރުކާރުން އެޅި ފެންސެއް ފިޔަވައި އިތުރު އެއްވެސް
އެއްޗެއް ފެންނާކަށް ނެތް ކަމަށް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން
ހާމަކުރި ގޮތުގައި ކުރީގެ ސަރުކާރުން މި މަޝްރޫއުގެ މަސައްކަތުގެ އެއްބައި ނިންމާފައިވާ
އިރު، މިހާރުގެ ސަރުކާރު އައިސް އެތަނުގައި ފެންސެއް ޖަހައި ކަޅު ދާ ޖެހުމުން ފިޔަވައި
އެހެން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.