ށ. ފީވަކުގައި ހުރި ހުކުރު މިސްކިތް ތަޅާލުމަށްފަހު އަޅާ އައު މިސްކިތް އަޅަން ހަމަޖެހިފަ އޮތް ބިމުގައި އިސްލާމިކް މިނިސްޓްރީ އިން މި އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ގިބްލަ ފާހަގަކޮށްފި އެވެ. 

އެރަށުގެ ރައްޔިތުން އަޅާފައިވާ އެ ރަށު ހުކުރު މިސްކިތަކީ ގާތްގަނޑަކަށް 40 އަހަރު ވީ މިސްކިތެކެވެ. އެ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އައު މިސްކިތެއް އަޅަން ނިންމީ އެ ރަށު ކައުންސިލުންނެވެ. 

އެގޮތުން ކައުންސިލުން ވަނީ އެ ތަނުގެ ބިން ސާފުކޮށް، އެތަން ކުރެހުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ފަހު ބީއޯކިއު ވެސް ހަދާފަ އެވެ. 

އެ މިސްކިތް ހަދަން ކައުންސިލުން ނިންމައި، ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީ އިން ވަނީ މިނިސްޓްރީގެ ޚަރަދުގަ މިސްކިތެއް އަޅައިދޭނެ ކަމަށް އެ ރަށުގެ ރައްޔިތުންނަށް ވައުދުވެފަ އެވެ.  އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ގިބުލަ ޖަހާފައިވެ އެވެ.

މި މަޝްރޫއު ވެސް ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު ނިންމާނީ ކޮން ތާރީޚެއްގައި ކަމެއް ކައުންސިލަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އެ ރަށުގެ ރައްޔިތުންނާ ކައުންސިލްގެ އެދުމަކީ މިނިސްޓްރީ އިން މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމެވެ.