އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ.ރަބީއީމަންޒިލް 64 އަހަރުގެ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝާހިދު ހައްޔަރުކުރިއިރު އޭނާ ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. އަދި ކެންޕެއިންގެ ހަރަކާތްތައް ފައްޓަވައި، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.