ހުޅުމާލޭގެ
ފިހާރައެއްގައި މަސައްކަތްކުރަމުން ދިޔަ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ
ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ލިބުނު ބަންގްލަދޭޝް ފިރިހެނެއްގެ މައްޗަށް ކުށް
ސާބިތުވެއްޖެ އެވެ.

މި މައްސަލައިގައި
އޭނާ އަށާރަ އަހަރަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް
ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި
ދައުލަތުން ދައުވާކުރީ ބަންގްލަދޭޝް ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ
މީހަކާމެދު ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ
އެވެ.

މި މައްސަލައިގައި
ކޯޓުން އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތު
ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒު ކުރަން ޖެހެނީ އަށާރަ އަހަރުގެ ޖަލު ހުކުމެކެވެ.