ށ. ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ. 

ފުލުހުން ބުނީ، ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ އާދިއްތަ ދުވަހުގެ ހެނދުނު 8:15 ގައި ކަމަށެވެ. 

ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާއިރު، ރަށު ތެރެއަށް ކަޅު ދުންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތި ލިބިފައިވާ ގޮތުގައި، ޕެޓްރޯލް ޝެޑު ކައިރީގައި ހުރި ގެއެއްގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެ އިތުރުން ދުންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާތީ، އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. 

އަލިފާން ނިންވުމުގެ މަސައްކަތުގައި އާއްމު ރައްޔިތުންނާއި ފުލުހުން އަދި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

މިހާތަނަށް މި އަލިފާން ރޯވާން މެދުވެރި ސަބަބެއް ނޭނގެ އެވެ.