ހުވައެއް ކުރުމަށްފަހު އެއަށް ހިޔާނާތްތެރިވުމަކީ ދީނީގޮތުންނާއި
އަހުލާގީގޮތުން ބަލާއިރު ވެސް އިންސާނަކަށްވެވޭނެ އެންމެ ބޮޑު އެއް ޣާފިލުކަންކަމަށް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް
ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް
ޙުސައިން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުވައަކީ ހަމައެކަނި ދުލުން ބުނެލާ
ބަސްތަކެއް ނޫން ކަމަށެވެ. އެގޮތުން ހުވައަކީ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ
ވަރަށް މަތިވެރި އަހުދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުވައެއް ކުރުމަށްފަހު އެއަށް ހިޔާނާތްތެރިވުމަކީ ދީނީގޮތުންނާއި
އަހުލާގީގޮތުން ބަލާއިރު ވެސް އިންސާނަކަށްވެވޭނެ އެންމެ ބޮޑު އެއް ޣާފިލުކަން ކަމަށް
އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި
ޒިންމާ އަދާކުރާ ފުލުހުންގެ ދައުރަށް ބަލާއިރު، ހުވާގެ މުހިންމުކަން ވަކިން ބޮޑަށް
ހާމަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހެއްގެ ޔުނިފޯމް އަޅައި، މުޖުތަމައުގެ ރައްކާތެރިކަމަށް
ނުކުންނަ ކޮންމެ ވަގުތަކީ އެ ކުރެވުނު މަތިވެރި ހުވާ ހަނދާނަށް ގެންނަންޖެހޭ ވަގުތެއް
ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އަދުލުއިންސާފު ގާއިމުކުރުމަށާއި، ދިވެހި ގައުމާއި
ރައްޔިތުންނަށްގެ ހައްގުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ
ހުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުގެ
މި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތުގެ މަތިވެރިކަމާއި، އެ ޚިދުމަތް އަދާކުރުމުގައި
ހުވާގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. ފުލުހުންގެ ހުވައަކީ ގައުމާއި ރައްޔިތުންނަށް
ހިދުމަތް ކުރުމަށް ދީފައިވާ ވައުދެއް ކަމަށާއި، އެ ވައުދަށް ހިޔާނާތްތެރިވުމަކީ ވަރަށް
ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ހުވާކުރި ފުލުހުންނަށް ދެއްވި މި މަޝްވަރާގައި،
އެ މީހުންގެ ކުރިމަތީގައި އޮތް ޒިންމާތަކުގެ މުހިންމުކަމާއި، އެ ޒިންމާތައް އަދާކުރުމުގައި
ހުވާގެ އަސްލު ރޫޙު ދެމެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، ފުލުހެއްގެ ޔުނިފޯމް އަޅައި،
މުޖުތަމައުގެ ރައްކާތެރިކަމަށް ނުކުންނަ ކޮންމެ ވަގުތަކީ އެ ކުރެވުނު މަތިވެރި
ހުވާ ހަނދާނަށް ގެންނަންޖެހޭ ވަގުތެއް ކަމަށާއި އެއީ އަދުލުއިންސާފު
ގާއިމުކުރުމަށާއި، ދިވެހި ގައުމާއި ރައްޔިތުންނަށްގެ ހައްގުގައި ފުރާނައިން
ގުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ ހުވަހެއް ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ
ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. މީގެ ތެރޭގައި، ސްޕެޝަލް ކޮންސްޓެބުލަރީ
64 ފުލުހުން ހިމެނެއެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި
ސޮއިކޮށްފަ އެވެ.