ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ދިވެހިރާއްޖެއަކީ ބޮން ގޮއްވާ، ބަޑި ޖަހާ މީހުން މަރާ ހަދާ ކަހަލަ ތަނަކަށް ނުވުމުން ޔަހޫދީން ވިސްނަމުން ދަނީ ދިވެހިރާއްޖޭގެ ތެރެއަށް ވަދެވޭނެ ގޮތަކާއި މެދު ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު ހިންގަން އަންނަނީ މުސްލިމެއް ކަން ދައްކައިގެން ރާއްޖެއަށް ވަދެގަންނަން މަސައްކަތް ކުރަނީ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

އެގޮތުން މޮސްޓާ ވިދާޅުވީ ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސްއަށް ފަންޑު ކުރަނީ ޒަޔަނިސްޓުން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި 100 އިންސައްތަ ސުންނީ މުސްލިމް ގައުމުކަން ފާހަގަކުރައްވައި، މޮސްޓާ ވިދާޅުވީ ޒަޔަނިސްޓުން ދިވެހިރާއްޖޭގެ ތެރެއަށް ވަދެގެން ފުރަތަމަ ކުރަން އުޅޭ ކަމަކީ ފިކުރީ ހަނގުރާމައިގެ ތެރެއަށް ވައްދައި ފަސާދަ ކުރަން މަސައްކަތް ކުރުން ކަމަށެވެ. 

މިއީކީ ދުނިޔޭގައި މހާތަނަށް ބޮން ގޮއްވާ ބަޑިޖަހައިގެން މީހުނ މަރައިގެން މިކަހަލަ އެއްވެސް ކަމެއް ކުރި ތަނެއް ނޫން. އެހެންވީމަ އެމީހުން ދުރާލާ މި ވިސްނަނީ މީގެ ތެރެއަށް ވަދެވޭނީ ކޮން ގޮތަކުންތޯ. ވަދެވޭނެ ގޮތެެއް ބަލާފައި ދެން އިސްލާމެއްގެ ތާކިހާ އަޅައިގެން ހުރި އިސްލާމެއްގެ ފަގުޑި އަޅައިގެން ހުރި އިސްލާމީ ޖުއްބާއެއް ލައިގެން ހުރި މީހަކު މެދުވެރިކޮށްތާ ވަދެވޭނީ އެއީ މުއިއްޒު ވެރިކަމަށް އައި އުސޫލުތާ މުއިއްޒު ވެސް ގަބޫލުކުރާނީ
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

މީގެ އިތުރުން، ރަސްމާލޭގައި ޔަހޫދީން ވަޒަންވެރި ވެގެން އެއް ގޭގައި މިއުރާޖް މައުރާޖް ނުވަތަ އަނެއް ގޭގައި ގުރްއާން ތަރުޖަމާ ޖަހައިގެން އެމީހުން ފޮނުވާ ނުލެވޭނެ ކަމަށް މޯސްޓާ ވިދާޅުވި އެވެ. 

ދެން އެބުނަނީ މިސާލަކަށް މާޒު ގެޔާއި އަޅުގަނޑުމެން ގެޔާއި ދޭތެރޭގައި ޔަހޫދީން، ޔަހޫދީ މީހާ އަތުގައި އޭރުން އޮންނާނެ ޓްރިޕަލް ވިސާ، ރާއްޖޭގެ ވިސާ ވެސް އޮންނާނެ އިސްރާއިލްގައި ވެސް އޮންނާނެ. އިސްރާއިލުން އެތާ އުފެދުނުއިރު، މިއަދު ދުނިޔޭގައި މި އޮންނަނީ ނިއުކްލިއަރ ބާރުތަކުގެ ތެރެއިން އިސްރާއިލް އެބަ އިނދޭ، އިސްރާއިލުން ކުރާ އެއްވެސް ކަމެއް ނުވެސް ހުއްޓުވޭ އިސްރާއިލްއަކީ ދުނިޔޭގައި އެއްވެސް ގާނޫނެއް ހިނގާ ގައުމެއް ނޫން އެއްވެސް ގާނޫނެއް ނުހިނގާނެ އިސްރާއިލް ރައްޔިތުންގެ މައްޗަކަށް އެއީ އދ. ގެ ގާނޫނު ކަމަށް ވިޔަސް ދިވެހިރާއްޖޭގެ ގާނޫނު ކަމުގައި ވިޔަސް. ދެން އެހެންވީމާ އަޅުގަނޑުމެން ގެޔާ ޖެހިގެން ހުންނަ ގޭގައި އެބުނާ މިއުރާޖް މައުޖޫޖް ޖަހާފައި ޖެހިގެން ހުރި ގޭގައި ގުރުއާން ތަރުޖަމާ ޖަހާފައި ދިޔަސް އެކަމެއް ނުކުރެވޭނެ. އެމީހުން އެކަން ކުރާ ކަމުގައި ވަންޏާ އަޅުގަނޑުމެން ގޭ ގޮއްވާލައިގެން ވެސް އެކަން ހުއްޓުވާނެ
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމާލެ ހިއްކަވަން ފެއްޓެވިއިރު ވިދާޅުވީ އެތަނަކީ ދިވެހީންނަށް ބޯހިޔާވެހިކަން ހޯދައިދޭން ހިއްކާ ތަނެއް ކަމަށް ނަމަވެސް މިއަދު އެތަން އެ ދެނީ ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެކަން ރައީސް މުއިއްޒު ވިދާޅުވި ކަން މޮސްޓާ ފާހަގަކުރެއްވި އެވެ. 

ހަމައެއާއެކު މަޝްރޫއު ނުހުއްޓުވައިފި ކަމުގައި ވާނަމަ ކުރިއަށް އޮތް 20 އަހަރު ތެރޭގައި ދިވެހިރާއްޖެއިން ފެންނަން ބޭނުން ނުވާ އެތައް ކަމެއް ފެންނާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.