ޒިންމާ އަދާކުރުމުގައި ނާކާމިޔާބުވެފައިވާ ދައުލަތުގެ މުއައްސަސާތަކުން، ކަމާގުޅޭ ފަރާތާމެދު އަމަލުކުރާނެ ގޮތެއް ސާފުކޮށްދެންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާނުލައި ކުރިއަށްގެންދިއުމަށްފަހު، އެ ހަޅުތާލު މުޙައްމަދު ސައީދު ނިންމަވާލައްވައިފި އެވެ. 

މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ ތެރެއިން މިނިސްޓަރ އިހުސާން ބައްދަލު ކުރައްވަނީ

އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ދޫކޮށްލާތީ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ ސައީދު ހޮނިހިރު ދުވަހު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު، ނިންމާލާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު އެވެ. 

ހަޅުތާލު ނިންމަވާލެއްވުމަށްފަހު އާންމު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، 35 ގަޑިއިރަށްފަހު،  ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލުމަށް ނިންމާލާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް އެ ޔަގީންކަން ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރާކަންވެސް ސައީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން މި ވެވަޑައިގެންނެވި އިލްތިޒާމްތައް ފުރިހަމަވަމުންދޭތޯ ގާތުން ބަލަމުންދާނެ ކަމަށެވެ.

މި ހަޅުތާލުގެ މުޅި މުއްދަތުގައި  އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ އޭނާ އާއި ބައްދަލު ކޮށްފައި ކަމަށެވެ. މި ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މި މައްސަލައިގައި ކަންކަން ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަޒީރު ވަނީ ސައީދު އާއި ހިއްސާކުރައްވާފައި ކަމަށާއި، ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް އޭނާ ދޭން ބޭނުންވާ މެސެޖުތަކާއި ކަންބޮޑުވުންތައް ވެސް ރައްދުކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ ތެރެއިން މިނިސްޓަރ އިހުސާން ބައްދަލު ކުރައްވަނީ

މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ ތެރެއިން މިނިސްޓަރ އިހުސާން ބައްދަލު ކުރައްވަނީ|ސޯޝަލް މީޑިއާ

ސައީދު ކުރިން ފާގަކުރެއްވި ގޮތުގައި، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް އޭނާ ހައްޔަރުކުރި ނަމަވެސް، އެންމެ ގިނަވެގެން ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ދޫކޮށްލަ އެވެ. އަދި އޭނާ ހައްޔަރުކުރުމަކީ އާއިލާއަށް ލިބޭނެ އެއްވެސް ތަސައްލީއެއް ނޫން ކަމަށް ވެސް ސައީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އާއިލާއިން ފަށާފައިވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު އެކަމަށް އަޑު އުފުލަމުން ދަނިކޮށް، ފާރިސް ނަމަކަށް ކިޔާ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ހޮނިހިރު ދުވަހު ގެންގޮސްފައިވާއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން އިހުތިޖާޖު ނިންމާލުމަށް ފުލުހުން އެދުނު ނަމަވެސް، ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ އޭނާ މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ އެވެ. އެންމެ ފަހުން އިހުތިޖާޖު ނިންމާލާފައި މިވަނީ 35 ގަޑިއިރު ފަހުންނެވެ.