ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ބްރިޖް ހައިވޭގައި ޑިއުޓީ ކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިންގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު އެވެ. އެގޮތުން، އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާ މިހާރު ވަނީ  އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައި އެވެ. އަދި މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.  

މީގެ އިތުރުން، އެ ސައިކަލު ވަނީ ޑިއުޓީގައި ތިބި އެހެން ފުލުހުން ހުއްޓުވާފައި އެވެ.