މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލު ވާނެ ކަމަށާއި ތަކެތީގެ އަގު ވެސް ހެޔޮވެގެންދާނެ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ބައްދަލުކުރައްވާ މޭޔަރު އާޒިމް ވިދާޅުވީ، އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާކިން މައްސަލަ ކަމަށެވެ. އަދި ޕޯޓު މިހާރު އޮތް ތަނުގެ ސަބަބުން ވެސް މައްސަލަތަކެއް ދިމާވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ޕޯޓުގައި މިހާރު ލަސްވުންތަކެއް ހުރުމުގެ ސަބަބަން މަޖޫރީ ކުރާ މީހުންނާއި ޑްރައިވަރުން އަދި ވިޔަފާރިވެރިންނަށް ގެއްލުންވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ޕޯޓުގެ ކަންކަން ލަސްވުމާއި ވިދިގެން މި މަޖޫރީ ކުރާ މީހުންނަށްވާ ގެއްލުމާއި ޑްރައިވަރުންނަށްވާ ގެއްލުމާއި އަދި ޖުމްލަ ގޮތެއްގައި ހުރިހާ ވިޔަފާރިވެރިންނަށްވާ ބޮޑު ގެއްލުން އެބޭފުޅުން އެބަ ކިޔާދޭ މިތަނަށް އަޅުގަނޑުމެން އައުމާއި ގުޅިގެން އެހެންވީމަ އިރާދަކުރެއްވިއްޔާ، އެމްޑީޕީގެ ސަރުކާރެއްގައި މިތަނަށް ހައްލެއް ހޯދައިދެވިއްޖެ ކަމުގައި ވަންޏާ، ހައްލެ ހޯދައިދެވޭނެ. ދެވުނީމަ ރާއްޖޭގެ ރައްޔިތުންނަށް ތަކެތީގެ އަގު އިންތިހާއަށް ތިރިވެގެންދާނެ. މިހާރު މިތަނުގައި ބޯޓެއް އައިސްފައި ބޯޓުން މުދާ ނުބޭލިގެން ލަންކާއަށް ގޮސްފައި ލަންކާއިން އެނބުރި އެބައާދޭ އެ ކޮންޓެެއިނަރުއާދަމް އާޒިމް
މޭޔަރު އާޒިމް ވިދާޅުވީ އެމްޕީއެލް ބަނދަރަކީ ވަރަށް އެފިޝިއެންޓް އަދި ޕްރޮޑަކްޓިވްކޮށް ހިންގާ ތަނަކަށް ބަދަލުކުރެވޭނެ ތަނެއް ކަމަށާއި، އެކަން ކުރެވުމުން ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި އެމްޕީއެލް ބަނދަރު ސަރަހައްދަށް ވަރުގަދަ ހައްލެއް ހޯދައިދޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.