ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރާންޝިޕްމަންޓް
ބަނދަރެއް ގާއިމުކުރުމުގެ ލަނޑުދަނޑި މި 5 އަހަރު ތެރޭގައި ހާސިލު ކުރެވޭތޯ
މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރުގެ
މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤުވާމީ
ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު
މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދުފުޅުތަކަކީ ފޮތެއްގައި
ލިޔެވި، ސާފުކޮށް ފެންނަން ހުރި ކަންތައްތަކެއް ކަމަށާއި، މި ސަރުކާރާއި ކުރީގެ ސަރުކާރުތަކާ
ހުރި ތަފާތަކީ އެއީކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ގޮތްތަކެއް
ނުވަތަ އޮޕްޝަންތަކެއް ހޯދައި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތް
މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ފަސް އަހަރުގެ
ދައުރުގެ ތެރޭގައި މި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި 5
އަހަރުގެ ތެރޭގައި އެކަންކަން ވޭތޯ ބަލަމުންދާ ކަމަށެވެ.
ބައިނަލްއަޤުވާމީ ޕޯޓް ޑިވޮލޮޕް ކުރުމުގެ މަސައްކަތް
ވަރަށް ބާރަށް އެ ވާންޖެހޭ ތައްޔާރީތައް ވަމުން އެ ދަނީ، ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް
ބަނދަރެއް ގާއިމުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް، އެ ވައުދުފުޅުތައް
ވަނީ ފޮތެއްގައި ލިއުއްވާފައި، އެއީ މި ސަރުކާރާ މިދިޔަ ސަރުކާރުތަކާ ތަފާތުވާ
ގޮތަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެތައް އޮޕްޝަންއެއް އަޅުގަނޑުމެން
ހޯދައިގެން އެ ލަނޑުދަނޑި ހާސިލު ކުރަން މަސައްކަތް ކުރަމުންދަނީ، 5 އަހަރު
ތެރޭގައި، ހިނގާ ބަލަމާ، ވަރަށް އަވަހަށް އަޑުއަހާލެވޭ ހިސާބަށް ގެންދެވޭނެކަމަށް މި
ބަލަނީމުހައްމަދު ސައީދު
ބަންކަރިންގެ މަޝްރޫއު އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން
ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި
މިއީ ކޮންމެހެން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރާއި
ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ
ފައިދާ ދިވެހި އިޤުތިޞާދަށް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ
ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކާ
ގުޅޭ އުފާވެރި ޚަބަރުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ތިލަވެގެންދާނެއެވެ.
ނަމަވެސް މިއީ ރައީސްގެ މުހިއްމު ރިޔާސީ ވައުދުފުޅަކަށްވާއިރު، މި މަސައްކަތް
ފެށޭނެ އިރެއް އަދިވެސް ވަޒީރަށް ސާފުކޮށް ނުދެވޭތީ، މިއީ ހަގީގަތުގައި ވެސް
ސަރުކާރުން ކުރިއަށްގެންދާނެ މަޝްރޫއެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.