ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ފައިސާ އަތުލައިގަނެފައިވަނީ 7 އޮކްޓޫބަރު 2026 ގައި ރާއްޖެއިން ބޭރަށް ފުރަން ދިޔަ އިންޑިއާގެ ޕަސެންޖަރެއްގެ އަތުން ކަމަށެވެ.
އަދި ކަސްޓަމްސް އިން ޑިކްލިއަރކޮށް ބޭރުކުރަން އުޅުނު ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭހެން 905،669.80 ރުފިޔާއާ އެއްވަރުގެ ދިވެހި ފައިސާގެ އަދަދެއް ހިމެނޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ.
ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި މިފަހަކުން ބިދޭސީން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.