ރަށްރަށުން އަންނަ ބޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ފުރުސަތު ނުދޭ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާޒިމް ރަށްރަށުން އަންނަ ބޯޓު ފަހަރުތަކުގައި އުޅޭ މީހުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްވި އިންޓަވިއުގައި ވިދާޅުވީ، މިސަރުކާރުގެ ކަންކަން ހައްލުކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. އަދި ނިޔަތެއް ނެތް ނަމަ ކަންކަން ހާސިލުނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ރަށްރަށުން އަންނަ ބޯތުތަކަށް ދިމާވާ ދަތިތަކުގެ މައްސަލަތައް މާލެ ސިޓީ ކައުންސިލަށް އައިސް އެބަހުރިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި މައްސަލަތައް ހައްލު ކުރަން ސަރުކާރުން ފުރުސަތު ނުދޭ ކަމަށެވެ.
ކޮންމެ ފަހަރަކު ވެސް ރަނގަޅު ކުރަން އުޅޭ ކޮންމެ ފަހަރަކު އުނދަގޫތަކެއްކޮށް މިހަމަ އަބަދުވެސް މުޅިތަން ގަޑުބަޑު ކުރުމުގެ މަސައްކަތެއް އަބަދުވެސް ސަރުކާރުން ކުރަނީ. އެގޮތުގެ މަތިން މިހާރު ވެސް ބަނދަރު މަތިން އަޅުގަނޑުމެން ބަލަހައްޓަމުން ދިޔަ އެއްބައިން ތަންކޮޅެއް ނަގާފައި. މިހެން ގޮސް ތަންތަން ނެގުމާއި، ތަންކޮޅު ދިނުމާއި މިހެން ގޮސް ހައްލު ކުރުމުގެ އެއްވެސް ކަހަލަ ނިޔަތެއް ނެތްއާދަމް އާޒިމް
އާޒިމް ވަނީ މިހާރު އޮޑިތަކުން އެއް ދަތުރު ކުރުމުން މުސާރަ ދިނުމަށް ދަތިވާ ކަމަށާއި، ބޯޓުތަކުން މަހަކު 3 ދަތުރު ކޮށްގެން ނޫނީ ފައިދާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އަތުގައި މައްސަލަތަކާއި އޭގެ ހައްލު ވެސް އެބަހުރި ކަމަށާއި ފައިސަލް ނަސީމްއާއެކު މަސައްކަތް ކޮށްގެން ނޫނީ މި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.