ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާ އެކު ވިލިމާލެއިން ހައްޔަރުކޮށްފި އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ވިލިމާލެއަށް ކުރިއަށްގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

އަދި މި 4 މީހުން ބަލާ ފާސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

ފުލުހުން ބުނި ގޮތުގައި ބެލުމުގެ ދަށަށް ގެނައި 4 މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނެ އެވެ.

މީގެ އިތުރުން، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.